އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން--ފޮޓޯ/ މިހާރު
ހަބަރު
25 Mar 2023 | 21:39
ރިޔާސީ އިންތިޚާބު މޮނިޓާކުރުމަށް ބޭރުގެ އޮބްޒާވަރުންނަށް ހުޅުވާލައިފި

މި އަހަރަގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބޭއްވޭ ރިޔާސީ އިންތިޚާބު މޮނިޓަރ ކުރުމަށް ބޭރުގެ އޮބްޒާވަރުންނަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އެގޮތުން އެ ކޮމިޝަނުން ވަނީ މިކަމަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ އެސޯސިއޭޝަންތަކާއި ޖަމްއިއްޔާތަކާއި އެހެނިހެން ބޭރު ފަރާތްތަކަށް 25 މާރިޗް އިން 25 ޖުލައި ގެ ނިޔަލަށް ހުޅުވާލައި މިއަދު އިއުލާނެއް ނެރެފައެވެ.

އީސީއިން ކޮށްފައިވާ އިއުލާނުގައިވަނީ މިކަމަށް ހުށަހަޅާ ފަރާތްތަކަކީ 18 އަހަރުން މަތީގެ ފަރާތްތަކަށް ވާން ޖެހޭނެ ކަމަށާއި ބައިނަލްއަގްވާމީ އެސޯސިއޭޝަން ނުވަތަ ޖަމްއިއްޔާތަކުގެ އެކްރެޑިޓް ކޮށްފައިވާ މަންދޫބުންނަށް ވާން ޖެހޭނެ ކަަމަށެވެ.

މިއާއިއެކު އެފަރާތްތަކަކީ އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެނޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ސަޕޯޓް ކުރާ ނުވަތަ ކެމްޕެއިން ކޮށްދިނުން ފަދަ ހަރަކާތެއްގައި ބައިވެރިވެފައިވާ ފަރާތަކަށް ވެގެން ނުވާނެކަމަށް އީސީއިން ބުނެފައިވެއެވެ.

އަދި މިފަރާތްތަކުން އަަމަލު ކުރަންވާނީ އިންތިޚާބުގެ އާންމު ގާނޫނުގެ 40 ވަނަ މާއްދާއާއި 41 ވަނަ މާއްދާގެ މަތިންކަމަށާއި ރިޔާސީ އިންތިޚާބު 2023 ގެ ރެގިއުލޭޝަންގައި ބަޔާން ކޮށްފައިވާ ސުލޫކީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް އައުމާއި ރާއްޖެއިން ފުރުމާއި ދޭތެރޭ ކުރަން ޖެހޭ ހުރިހާ ޚަރަދުތަކަކާއި ވިސާ އަދި އިންޝުއަރެންސްގެ ޚަރަދުތައް ވެސް ކުރަންޖެހޭނީ އެފަރާތެއް އަމިއްލަ އަށް ނުވަތަ އެފަރާތެއް ތަމްސީލު ކޮށްދޭ ފަރާތުން ކަމަށް އީސީއިން ބުނެފައިވެއެވެ.

އަދި ކޮމިޝަނުން ހަމައެކަނި ހަަމަ ޖައްސައި ރާވާނީ އެ ފަރާތްތައް އެކްރެޑިޓް ކުރުމަށް މަޖްބޫރުވާ ތަމްރީނު ނުވަތަ ކުރު ސެޝަންތައް ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެކްރެޑިޓް ކުރުމަށްފަހު މޮނީޓަރުންގެ ފާސް ދެވިގެން ދާނެ ކަމަށް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

މިއާއިއެކު ރާއްޖެ ތެރޭގައި ދަތުރުފަތުރު ކުރަން ބޭނުންވާނަމަ، ނުވަތަ އެހެނިހެން ފަރާތްތަކާއި ސިޔާސީ ޕާޓީތަކާއި ބައްދަލު ކުރަން ބޭނުންވާނަމަ، އެކަމުގެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭނީ އަމިއްލައަށް ކަމަށާއި މަތީގައި އަންގާފައިވާ ގާނޫނީ އުސޫލުތަކާއި ސުލޫކީ މިންގަނޑު ތަކާއި އެއްގޮތަށް ކަމަށް އީސީއިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.