ފިނޭންސް މިނިސްޓްރީ
ހަބަރު
25 Mar 2023 | 21:56
މިހާތަނަށް ދައުލަތުން 9 ބިލިއަން ޚަރަދު!

ދައުލަތަށް މިހާތަނަށް 7.2 ބިލިއަން ރުފިޔާ އާންމުދަނީގެ ގޮތުގައި ލިބިފައިވާ ކަމަށާއި 9.2 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ 16 މާރިޗުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ ޖުމްލަ 7.2 ބިލިއަން އާންމުދަނީގެ ތެރެއިން 5.7 ބިލިއަން ރުފިޔާ ލިބިފައިވަނީ ޓެކްސް އާންމުދަނީގެ ގޮތުގައެވެ.

މިދިޔަ އަހަރުގެ މި ތާރީހަށް ލިބިފައިވަނީ 5.7 ބިލިއަން ޖުމްލަ އާންމުދަނީ އަދި 4.4 ބިލިއަން ޓެކްސް އާންމުދަނީއެވެ.

ޓެކްސް އާންމުދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިއަހަރު 690 މިލިއަން ރުފިޔާ ލިބިފައިވާއިރު، ބިޒިނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ.

މިއާއިއެކު ޖީއެސްޓީގެ ގޮތުގައި 3 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 212 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޓެކްސް ނޫން އާންމުދަނީގެ ގޮތުގައި މިއަހަރު 1.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެހީގެ ގޮތުގައި 16 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

މީގެ އިތުރުން މި އަހަރުގެ 16 މާރިޗަށް 9.2 ބިލިއަން ރުފިޔާ ދައުލަތުން ޚަރަދު ކޮށްފައިވާއިރު މީގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 6.2 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި މުސާރައާއި އިނާޔަތަށް 2 ބލިއަން ރުފިޔާ އަދި އިދާރީ ހިންގުމަށް 4 ބިލިއަން ރުފިޔާ ހިމެނެއެވެ.

ކެޕިޓަލް ޚަރަދުގެ ގޮތުގައި ބޭނުން ކޮށްފައިވަނީ 3 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު ރިކަރަޏްޓަށް ޚަރަދު ކޮށްފައިވަނީ 4.9 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދަށް 2.3 ބިލިއަން ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.