ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ޖަމިއްޔަތުއް ސަލަފާއި ބައްދަލު ކުރެއްވުން--
ހަބަރު
26 Mar 2023 | 11:29
ޖަމްޢިއްޔަތުލްސަލަފާއިމެދު ފަތުރަމުންދާ ދޮގު ޚަބަރުތައް ހުއްޓުމަށް އެދިއްޖެ

ޖަމްޢިއްޔަތުލްސަލަފާއިމެދު ނޫސް މީޑީޔާތަކުން ފަތުރަމުންދާ ދޮގު ޚަބަރުތަކަށް މާފަށް އެދުމަށް އެ ޖަމްއިއްޔާއިން އެދެފިއެވެ.

ޖަމްޢިއްޔަތުލްސަލަފުން ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ އެދިލެއްވުމަކަށް 20 މާރިޗު ވީދުވަހު ޖަމްޢިއްޔަތުލްސަލަފު އޮފީހުގައި ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އާއި އެޕާޓީގެ ބައެއް އިސްވެރިންނާ މުސްތަޝާރުންނާއިއެކު ބޭއްވި ބައްދަލުވުން ފިޔަވައި އިތުރު އެހެން ބައްދަލުވުމެއް މިއަދާ ހަމައަށް އެބޭފުޅުންނާއިއެކު ބޭއްވިފައިނުވާކަމަށެވެ.

އެހެންކަމުން މިއާ ޚިލާފަށް ތަފާތު ނޫސް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރުތަކަކީ ޒިންމާދާރު ކަމެއްނެތި، ފަތުރަމުންދާ ހަޤީޤަތެއް ނެތް ދޮގު ޙަބަރުތަކެއް ކަމަށެވެ.

މިއާއިއެކު އެ ޖަމްއިއްޔާއިން ވަނީ ޖަމްޢިއްޔަތުލްސަލަފަށް ނިސްބަތްކޮށް ދޮގު ހަބަރު ފެތުރި މީޑިޔާތަކުން އެކަމަށް މާފަށް އެދި ތެދު ހަޤީޤަތް ރައްޔިތުންނަށް ހާމަކޮށް ދިނުމަށް އިލްތިމާސްކޮށްފައެވެ.

އަދި ދޮގު ތެދު ބެލުމެއްނެތި ލިބޭހައި ޚަބަރެއް ނުފެތުރުމަށާއި، ޒިންމާދާރުކަމާއިއެކު ކަންކަމުގެ މައުލޫމާތު ފެތުރުމަށް ހާއްސަކޮށް ނޫސްވެރިންނަށް ނަސޭހަތްތެރިވެފައެވެ.

ސަލަފުން މިފަދަ ނޫސް ބަޔާނެއް ނެރެފައި މިވަނީ ސަލަފުން ގާސިމްއާ ސީރިއްޔާތުގައި ބައްދަލުކުރިކަމަށާއި އެ ޖަމުއިއްޔާއިން ގާސިމްއަށް ތާއީދު ނުކުރަނީ ޖޭޕީ ރައީސް ނަޝީދާއި އެކު އޮތީމައިކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޚަބަރު ފެތުރުމާއި ގުޅިގެންނެވެ.

މިޑިއާތަކުގައި ބުނެފައިވަނީ ގާސިމްގެ އެދިލެއްވުމުގެ މަތިން ދެވަނަ ފަހަރަށް ސިއްރިއްޔާތުގައި ސަލަފުން ޖޭޕީއާ ބައްދަލުކޮށް މިފަދަ މަޝްވަރާތަކެއް ކޮށްފައިވާކަމަށާއި އެ ބައްދަލުކުރެއްވުމުގައި ޖޭޕީގެ ސަރުކާރު ހިންގުމުގައި ރައީސް ނަޝީދުގެ އެއްވެސް ހިއްސާއެއް ނޯންނާނެކަމުގެ ޔަގީންކަން ގާސިމް ސަލަފަށް ދެއްވިކަމަށެވެ.

ކޮމެންޓް
އަލީ ބިން ޔޫސުފް
ބާއްވާނެ! ތިޔައީ ދީނޭ ކިޔައިގެން އުޅުނަސް ފައިސާއަށް ވިކޭ ބަޔެކެވެ. އެހެން ނޫންނަމަ، އެންމެ ގިނައިން ރާއްޖޭގައި ބަނގުރާ ވިއްކާ ބަޔަކާއެކީ އެންމެ ބައްދަލުވުމެއްވެސް ނުބާއްވާނެއެވެ.
26 Mar 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.