ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ-- ފޮޓޯ/ މަޖިލިސް
ހަބަރު
27 Mar 2023 | 13:15
ޖަލުގައި އޮންނައިރު ރައީސް ޔާމީނަށް ރޯދަ އެއް ހައްޖެއް ނާންނާނެ: އީސާ

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އޮންނަވާއިރު އެމަނިކުފާނަށް ރޯދަ މަހެއް، ހައްޖު މަހެއް އަދި ޢީދެއްވެސް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅު ވެއްޖެ އެވެ.  

ޢީސާ މިފަދައިން ވިދާޅުވެފައި ވަނީ، ރޯދަ މަހުގެ ތެރޭގައި ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދުނު އެދުން ގަބޫލުނުކޮށް މި މަހުގައިވެސް އެމަނިކުފާނު ޖަލުގައި އޮންނަވަން ޖެހިވަޑައިގެންނެވުމުން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.

ސެމްބެ ވިދާޅުވީ، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން ރައީސަކު ރޯދަ މަހު އަނިޔާވެރި ކަމާއެކު ޖަލުގައި ބާއްވާފައިވާ ކަމަށާ، އެފަދައިން ސަރުކާރުން ކަންކުރުމުން ސަރުކާރުގައި އެއްވެސް ކަހަލަ އިހްސާންތެރި ކަމެއް ވެސް އަދި އިންސާނިއްޔަތު ކަމެއް ވެސް ނެތްކަން ސާފު ވެގެން ދާ ކަމަށެވެ.

ސެމްބެގެ ވާހަކަތަކަށް ރައްދު ދެއްވައި އީސަ ވިދާޅުވީ ހުކުމަކާ ނުލައި ކުށެއްގެ ތުހުމަތެއް ނެތި މަގުމަތިން ހިފައި ހައްޔަރުކޮށްގެން ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރެއިން ތިން އަހަރުގެ ރޯދަ މަހު އޭނާ ހޭދަ ކުރެއްވީ ޖަލުގައި ކަމަށެވެ. އަދި ޖަލުގައި އޮތް އިރު، ދައުވާއެއް ވެސް ނުކޮށް ތަހުގީގެއް ވެސް ނުހިންގާ ކަމަށް އީސަ ވިދާޅުވިއެވެ.

މިއާއެކު އީސަ ވިދާޅުވީ ރައީސް ޔާމީނަކީ ވައްކަންކޮށްގެން ޖަލަށް ލާފައިވާ ބޭފުޅެއް ކަމަށާ، އެމަނިކުފާނަށް ރޯދަމަހެއް ހައްޖު މަހެއް ނާންނާނެ ކަމަށެވެ. 

"ހުކުމްކޮށްފައި ވައްކަންކޮށްގެން، ދައުލަތުގެ މުދަލުން ވައްކަންކޮށްގެން ކޯޓަށް ސާބިތުވެގެން ޖަލަށްލާފައި އެ އޮތީ. އޭނާ އަށް (ރައީސް ޔާމީންއަށް) ރަމަޟާން މަހެއް، ހައްޖު މަހެއް، އީދު މަހެއް އެތާ އޮންނައިރު ނާންނާނެ." އީސަ ވިދާޅުވިއެވެ. 

އީސަ ވިދާޅުވީ ކިތަންމެ ދެރަވެ އަސަރު ކުރިޔަސް ރައީސް ޔާމީނަކީ ކޯޓުގައި ކުށް ސާބިތުވެފައިވާ ކުށްވެރިއެއް ކަމަށާއި ރޯދަ މަހާއި ހައްޖު މަހެއް ކުށްވެރިންނަށް ނާންނާނެ ކަމަށެވެ. އަދި ރޯދަމަހާއި ހައްޖު މަހަށް ކުށްވެރިން ގެއަށް ބަދަލުކޮށް ހަދަން ގާނޫނުގައި ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ. 

ކޮމެންޓް
ކިބަޅި
އެއަންނާނީ އިސަމެންފަދަ ގަމާރުންނަށް. މުނާފިގު ކިނބޫފޯސްއަށް ލިބޭނީ ތިހުރިހާ އުފަލެއް
28 Mar 2023
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.