އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު ހީނާ ވަލީދު/ ފޮޓޯ: ވޮއިސް
ހަބަރު
28 Mar 2023 | 10:06
އެންމެ ފަހުން ޕީޕީއެމްގެ ޝިއާރު ވެސް ވަގަށް ނަގައިފި: ހީނާ

ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު, ޕީޕީއެމްގެ އަސާސީ ޤަވައިދުގައި ކަނޑައަޅާފައިވާ އެ ޕާޓީގެ ޝިއާރުވެސް ވަގަށް ބޭނުންކުރައްވަމުން ގެންދަވާކަމަށް އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު ހީނާ ވަލީދު ތުހުމަތުކުރައްވައިފި އެވެ. 

ހީނާ މިފަދައިން ތުހުމަތުކުރައްވާފައި ވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމުން ހުސެއިން އަމްރު ވަކިކުރެއްވުމަށް ރައީސް ޞާލިހު ނިންމެވި ނިންމެވުމަކީ ޤައުމީ ނިންމެވުމެއްކަމަށް ސިފަކުރައްވާ އެމަނިކުފާނުގެ ޕީއާރުޓީމުން ހަދާފައިވާ ޕޯސްޓަރެއްގައި ޕީޕީއެމްގެ ޝިއާރުކަމަށްވާ "އެންމެ ފުރަތަމަ ގައުމު" ބޭނުންކޮށްފައި ވުމުންނެވެ.

ރައީސް ޞާލިހުގެ އެ ޕޯސްޓަރު ޓްވީޓާގައި ހިއްސާކުރައްވާ ހީނާ ވިދާޅުވީ "އެންމެ ފުރަތަމަ ގައުމު" އެ ޝިއާރަކީ ޕީޕީއެމްގެ އަސާސީ ޤަވައިދުގައި ބަޔާންކޮށްފައިވާ އެ ޕާޓީގެ ރަސްމީ ޝިއާރުކަމަށެވެ.

ރައީސް ޞާލިހަށް އެކަން އެނގިނުލެއްވީތީ ހިތާމަކުރައްވާކަމަށާއި، ޕީޕީއެމްގެ ޝިއާރު ރައީސް ޞާލިހު ބޭނުންކުރެއްވުމަކީ އެ ޝިއާރު ވަގަށް ނެގުންކަމަށް ހީނާ ވިދާޅުވި އެވެ. 

ހީނާ އިތުރަށް ވިދާޅުވީ މި ސަރުކާރުން ޕީޕީއެމްގެ ރައީސް ޔާމީންގެ ގިނަ މަޝްރޫއުތަކެއް އަމިއްލަކޮށް، އެ މަޝްރޫއުތަކުގެ ކްރެޑިޓް ނަގާފައިވާއިރު، އެންމެފަހުން ޕީޕީއެމްގެ އަސާސީ ގަވައިދުންވެސް ވައްކަންކުރަމުންދާ ކަމަށެވެ. 

"އެންމެ ފުރަތަމަ ގައުމު އެއީ ޕީޕީއެމްގެ އަސާސީ ގަވައިދުގައިވެސް ބަޔާންވެފައިވާ ރަސްމީ ޝިއާރުކަން އިބްރާހީމަށް ނޭނގުމަކީ ދެރަކަމެއް. ޝިއާރުންވެސް ވައްކަން. ޕީޕީއެމްގެ ޕްރޮޖެކްޓުތަކުގެ ކްރެޑިޓް ނަގާފަ އެންމެފަހުން އަސާސީ ގަވައިދުންވެސް ވައްކަން"

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު ހީނާ ވަލީދު 

ރައީސް ޞާލިހު ޕްރޮމޯޓުކުރުމަށް ހަދާފައިވާ ޕޯސްޓަރުގައި ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބުނާ އެ ޕާޓީގެ ޝިއާރުކަމަށްވާ "އެންމެ ފުރަތަމަ ޤައުމު" ބޭނުން ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.  

ކޮމެންޓް
އައްލާބެ
ތިޔައުޅެނީ އޮޅިގެން ތިޔަ ޝިއާރަކީ މީގެއެތައް ޒަމާނެއްކުރިން ރައީސް މައުމޫނުގެ ވެރިކަމުގައި ބޭނުންކުރި ޝިއާރެއް. ޕީޕީއެމްއަކަށް އެމްޑީޕީ ނުކުރާކަމެއް މިހާތަނަކުރެވިފައެއްނެތް.
28 Mar 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.