އެމްއެސްއެސް ގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި ހުންނެވި ސައީދު---ފޮޓޯ: އެމްއެސްއެސް
ހަބަރު
28 Mar 2023 | 13:04
އެސްޓީއޯގެ އާ އެމްޑީއަށް ސައީދު ހަމަޖެއްސުމަށް ޕީސީބީއަށް ފޮނުވައިފި

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް އަބްދުالله ސައީދު ހަމަޖެއްސުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އަށް ސަރުކާރުން ފޮނުވައިފިއެވެ.

އެގޮތުން މި މަގާމަށް ސައީދު އައްޔަންކުުރުމަށް ފުރިހަަމަ ކުރަންޖެހޭ އިޖުރާއަތުތައް އަންނަނީ ފުރިހަމަ ކުރަމުން ކަމަށް ޕީސީބީ އިން މައުލޫމާތުދެއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި ހުންނެވި ސައީދު އެސްޓީއޯގެ އެމްޑީގެ މަގާމަށް އައްޔަންކުރަން ނިންމައިފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން އަމްރު މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ.

އަބްދުالله ސައީދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީގެ މަގާމް އަދާ ކުރެއްވި ބޭފުޅެކެވެ.

އެއަށްފަހު 2011 ވަނަ އަހަރު ސައީދު އެ މަގާމުން އިސްތިއުފާ ދިނުމުން ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑް (އެމްއެންސީއެލް) ގެ އޮފީހުގެ ޑިރެކްޓަރ ގެ މަގާމު ހަވާލުކުރެވުނެވެ.

އަދި ކުރިން ސިންގަޕޫރުގައި ހުރި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮންޕެނީ (އެމްއެންއޯސީ) ގެ އޮފީހުގެ ޗެއާމަންގެ މަގާމްވެސް ސައީދު އަދާކޮށްފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު އަމްރު އެސްޓީއޯގެ އެމްޑީގެ މަގާމުން ވަކިކުރަން ނިންމީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ އުސޫލުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މިދިޔަ ޖެނުއަރީ މަހު ބޭއްވުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަމްރު ހުންނެވީ ރައީސް ޞާލިހު އާއި ދެކޮޅަށް ރައީސް ނަޝީދުގެ ފެކްޝަން އާއި އެކުގައެވެ.

ޕްރައިމަރީ ނާކާމިޔާބުވުމަށްފަހު ރައީސް ނަޝީދު ހުޅުވި "ފިކުރެއްގެ ދިރުން" ގޮފީގެ މަސައްކަތުގައިވެސް އަމްރު ދަނީ އިިސް ދައުރެއް އަދާކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް