ރައީސް ޔާމީންގެ ޤާނޫނީ ޓީމު/ ފޮޓޯ: ވޮއިސް
ހަބަރު
28 Mar 2023 | 22:01
މި ރޯދަމަހު ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ ފުރުސަތު ވަރަށް ބޮޑު: ގާނޫނީ ޓީމު

ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުން ތަންފީޒުކުރައްވަމުން ގެންދަވާ ވާދަވެރި ސިޔާސީ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު، މި ރޯދަމަހު ގެކޮޅަށް ބަދަލުކުރެއްވުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ހާމަކޮށްފި އެވެ. 

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ރައީސް ޔާމީން ހުށަހެޅުއްވި ގިނަ ހުށަހެޅުންތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މިއަދު އެ މަޢުލޫގައި ކުރިއަށް ގެންދިޔަ އަޑުއެހުމަށްފަހު ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

އަދި މި ރޯދަމަހު އެމަނިކުފާނު ގެކޮޅަށް ބަދަލުކުރައްވާނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

"އެ މަސައްކަތް ކުރަމުން މި ދަނީ. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުން މި ރޯދަމަހު ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ ފުރުޞަތު ވަރަށް ބޮޑު. އެ މަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެކަމުގެ އުންމީދު ވަރަށް ބޮޑު"

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު 

ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ސަޕޯޓަރުން ހިތްވަރު އެލުވާނުލުމަށް އެމަނިކުފާނު އިލްތިމާސްކުރައްވާ ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް ނުހައްގުން އަނިޔާކުރަމުން ދިޔަ ނަމަވެސް އެމަނިކުފާނުގެ އަޒުމަކަށް ކުޑަވެސް ބަދަލެއް ނާންނަކަމަށާއި އަދި އެމަނިކުފާނު ހުންނެވީ ސާބިތުކަންމަތީގައި ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. 

އޭގެ އިތުރަށް ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވާ ރައްޔިތުންގެ އަޑު އުފުލުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ވަރުގަދަކުރުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާކަމަށެވެ. އަދި އެމަނިކުފާނުގެ ހައްގުގައި އަޑުއުފުއްލަވާ ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ. 

ކޮމެންޓް
ސަޕޯޓަރުން
ރައީސް ޔާމީންގެ ސަޕޯޓަރުން ހިތްވަރެއް ނޭލޭ .. ލީޑާރޝިޕަށް ތިޔަ ނަސޭޙަތް ދޭން ފެނޭ!
29 Mar 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.