އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕް/ ފޮޓޯ: ވޮއިސް
ހަބަރު
28 Mar 2023 | 21:27
ރޯދަމަހު ރައީސް ޔާމީން ކޯޓަށް ހާޒިރުކުރީ ތަކުލީފެއް ޖައްސަން: އިދިކޮޅު

އޮންލައިންކޮށް ކުރިއަށް ގެންދެވެން އޮތް ޝަރީއަތަކަށް ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހާޒިރުކޮށްގެން ކުރިއަށް ގެންދިޔައީ އެމަނިކުފާނަށް ކޮންމެވެސް ގޮތަކުން ތަކުލީފެއް ޖެއްސުމަށްކަމަށް އިދިކޮޅުން ބުނެފިއެވެ. 

ރ. ފުއްގިރި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމަކަށް ރައީސް ޔާމީން ވަނީ މިއަދު ހައިކޯޓަށް ހާޒިރުކޮށްފަ އެވެ. އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްގެން އަޑުއެހުން ކުރިއަށް ގެންގޮސްފައިވާއިރު، އެމަނިކުފާނު މިވަގުތު ހުންނެވީ ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ މިދިޔަ ޑިސެމްބަރުމަހުގެ 25 ގައި ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް މާފުށީ ޖަލުގައެވެ. 

އެހެންކަމުން މިއަދުގެ ޝަރީއަތަށް އެމަނިކުފާނު ވަޑައިގެންނެވީ ކަނޑު ދަތުރެއް ކުރައްވާފައެވެ. އަދި ކޯޓުގައި އަޑުއެހުން ތާވަލުކޮށްފައިވާ ގަޑިއަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އެމަނިކުފާނު ކޯޓަށް ގެނެސްދެވިފައި ނުވާތީ އަޑުއެހުން ފެށުނީވެސް ލަހުންކަން ފާހަގަކޮށްލެވެއެވެ. ގާތްގަނޑަކަށް 45 މިނެޓުގެ އަޑުއެހުމަކަށްފަހު އެމަނިކުފާނު ވަނީ އަނބުރާ ޖަލަށް ވަޑައިގަންނަވާފަ އެވެ. 

މިއަދުގެ އަޑުއެހުމަށްފަހު އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ފަރާތުން މިވަގުތު އެ ކޯލިޝަން ހިންގެވުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޮންލައިންކޮށް ކުރިއަށް ގެންދެވެން އޮތް ޝަރީއަތަކަށް ރައީސް ޔާމީން ހާޒިރުކުރީ އެމަނިކުފާނަށް ތަކުލީފެއް ޖެއްސުމަށްކަމަށެވެ. 

އެއީ ސަރުކާރުން ބޭނުންވެގެން ކުރާ ކަމެއްކަމަށާއި، ސަރުކާރުގެ މަޤަސަދަކީ ކޮންމެވެސް ގޮތަކުން ރައީސް ޔާމިނަށް ޖެއްސުންކޮށް އަނިޔާވެރިވުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"މި ބޭނުންވަނީ ކޮންމެ ގޮތަކުންވެސް ރައީސް ޔާމިނަށް ތަކުލީފެއް ޖައްސަން. ރައީސް ޔާމިނަށް އުނދަގޫވާގޮތަށް ކޮންމެ ކަމެއްވެސް ކުރަން. މީގެކުރިން އެބަހުރި ތި ވިދާޅުވިހެން ރައީސް ޔާމީންގެ ޝަރީއަތްތައް އޮންލައިންކޮށް ގެންގޮސްފަ. މީ ރަމަޟާން މަހެއް، މި މަހުގައި މާ ރަނގަޅުވިސްކަންނޭގެ އޮންލައިންކޮށް ގެންދިޔަނަމަ. އެހެން ނަމަވެސް ރައީސް ޔާމީނަށް ރަމަޟާންމަހެއް ވީމަ ބޮޑަށް އުނދަގޫވާނީ ކޯޓަށް ހާޒިރުކޮށްގެން ކުރިއަށް ގެންދިއުމަށްކަމަށް ބަލާފައި އެކަންތައް އެގޮތަށް ކުރީކަމަށް އަޅުގަނޑުމެންނަށް ބެލުމުގެ ފުރުސަތު އެބޮތް"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އެކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ ފުލުފުލުގައި ރައީސް ޔާމީންގެ މައްސަލަތައް ބަލަމުންދާއިރު، އަދި އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައިވާ މައްސަލަތައް ވެސް ކޯޓުގައި ތާވަލުކުރަމުންދާއިރު، އެމަނިކުފާނަށް ތަކުލީފަކަށް ނުވާނެހެން، އަދި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅަށްވެސް ބެއްލެވުމަށްފަހު ފަސޭހަފުޅުވާނެ ގޮތަކަށް ކޯޓުން އަޑުއެހުންތައް ހަމަޖައްސައިދިނުމަށް އެދިވަޑައިގަންނަވާފަ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވާއިރު، މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް ވަނީ ދެން އެ މައްސަލައިގައި ބާއްވާ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެންފަ އެވެ. 

ރައީސް ޔާމީންގެ ފަރާތްޕުޅުން އެފަދައިން އެދިވަޑައިގެންފައިވާނީ އެމަނިކުފާނު ސިއްހީ ހާލުކޮޅު ހުރިގޮތުން ކަނޑު ދަތުރުކުރުމާއި، ކޯޓުގައި ގިނައިރު ވަންދެން އިންނެވުމަށް ދަތިފުޅުވާތީ އެވެ. 

މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފު ނިމެންދެން މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ފުއްގިރި މައްސަލަވެސް މަޑުޖައްސާލުމަށް އެދިވަޑައިގެންފައެވެ. އެ މައްސަލަ މަޑުޖައްސާލުމަށް ދައުލަތުންވެސް އިއުތިރާޒުކޮށްފައެއް ނުވެއެވެ. 

އެހެންކަމުން ދެން އެންމެ އަވަހަށް ބާއްވާ އަޑުއެހުމެއްގައި އެކަމާއިމެދު ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.