އެމްޑީއެން ރިޕޯޓުގެ ފްރަންޓު ގަނޑު އަދި އެ ޖަމުއިއްޔާގެ ކޯ ފައުންޑާ ޝަހިންދާ/ ފޮޓޯ: ސަންގު
ހަބަރު
29 Mar 2023 | 05:25
އެމްޑީއެން އުވާލީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި

ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އުވާލާފައިވަނީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ. 

ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިންދަ މޯލްޑިވްސްގެ ނަމުގައި އެމްޑީއެންއިން ނެރުނު ރިޕޯޓުގައި އިސްލާމްދީނުގެ ހުކުމްފުޅުތަކަށް ގޮންޖަހާފައިވެ އެވެ. އަދި ސުކޫލުތަކުގައި ދަރިވަރުންނަށް ކިޔަވައިދޭ ދީނީ މުގައްރަރު ބަދަލުކުރުމަށް ގޮވާލާފައިވެއެވެ. 

އެ ރިޕޯޓާއި ދެކޮޅަށް ރާއްޖޭގެ 100 އަށްވުރެ ކައުންސިލުން ބަޔާން ނެރެ އެމްޑީއެން އުވާލުމަށް ގޮވާލާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރުމާއި ގުޅިގެން އެ ޖަމުއިއްޔާ އުވާލާފައިވަނީ 2019 ވަނަ އަހަރުގައެވެ. 

އެފަހުން ހޯމް މިނިސްޓްރީގެ ދަށުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަނިކޮށް އެމްޑީއެންގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމައި، ޖަމިއްޔާ ރަސްމީކޮށް އުވާލަން ޔޫތު މިނިސްޓްރީން ނިންމީ ޖަމިއްޔާތައް ހެދުމުގެ މިނިވަންކަމާއި، ޖަމިއްޔާތަކާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީއެންގެ ފައުންޑާ ޝަހިންދާ އިސްމާއިލް ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. 

ޔޫތު މިނިސްޓްރީން އެ ދައުވާއަށް އިންކާރުކޮށް ބުނެފައިވަނީ ޖަމުއިއްޔާ އުވާލީ އެ ޖަމުއިއްޔާއިން އާންމު ކުރި ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފުކަންކަން ހިމަނާފައިވާތީ ކަމަށެވެ. އިސްލާމްދީނާއި ޚިލާފުވާ ކަންކަން ކުރަމުންދާނަމަ ޖަމިއްޔާގެ ރަޖިސްޓްރީ ބާތިލުކުރުމަކީ މިނިސްޓްރީއަށް ލިބިގެންވާ ބާރެއްކަމަށާއި، އެމްޑީއެން އުވާލީ އެ ބާރުގެ ބޭނުން ހިފައިގެންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. 

އެމްޑީއެންގެ ރިޕޯޓަކީ ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ކުޑައިމީސްކޮށް އިސްލާމްދީނަށް ގޮންޖަހާ ލިޔެފައިވާ ނުރައްކާތެރި ރިޕޯޓެއްކަމަށް ރާއްޖޭގެ 100 އަށްވުރެ ދީނީ އިލްމުވެރިން ވަނީ ވިދާޅުވެ، އެކަން ބަޔާންކުރާ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. 

އެ ރިޕޯޓާއި ގުޅިގެން ދީނީ އިލްމުވެރިން ނިންމަވާފައިވާ ނިންމުންތަކަށް ރިއާޔަތްކޮށް ސިވިލް ކޯޓުން ނިންމީ އެމްޑީއެން އުވާލަން ޖަމިއްޔާތަކާ ބެހޭ ރަޖިސްޓްރާ ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ. 

2019 ވަނަ އަހަރު އެމްޑީއެން އުވާލާފައިވީ ނަމަވެސް މިހާތަނަށް އެމްޑީއެން ރިޕޯޓު އެކުލަވާލުމުގައި ޝާމިލުވާ އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ. އޭގެ އިތުރުން ސަރުކާރުގެ އިސް ބައެއް މަޤާމުތަކުގައިވެސް އެމްޑީއެންއަށް ނިސްބަތްވާ ބޭފުޅުން ތިއްބެވިކަން ފާހަގަކޮށްލެވެއެވެ. 

އެމްޑީއެން އުވާލާފައި ވީނަމަވެސް، އެ ޖަމުއިއްޔާގެ ސޯޝަލް މީޑިއާ އެކައުންޓުތަކާއި ވެބްސައިޓު އަދިވެސް އެކްޓިވްކަން ފާހަގަކޮށްލެވެއެވެ. އަދި އެ މަންސަތައް ބޭނުންކޮށް އެ ޖަމުއިއްޔާއިން ގެންދަނީ ތަފާތު ހަރަކާތްތައްވެސް ހިންގަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ