"ރައީސް އެއް ނޫޅެން ރައީސްއަށް ހައްޤު ނޫން އެއްޗެއް ހޯދަން" - ރައީސް ޔާމިން

02 Oct 2018 | 17:12

މިހާރު ޕީޕީއެމް އޮފީސް ސަރަހައްދުގައި މިހާރު ކުރިއަށް ދާ އެއްވުމުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންފިއެވެ.

ރައީސް ޔާމީންގެ ވާހަކަ ފުޅުގައި އިލެކްޝަން ކޮމިޝަންގެ މައްޗައް ކުރެވޭ ތުހުމަތުތަކަށް ޖަވާބު ދާރީވުމަށް ވަނީ ގޮވާލާފައެވެ.

ރިޔާސީ އިންތިހާބާ މެދު މީގެ ކުރިން ސުވާލު އުފެއްދެވި ބޭފުޅުން މިއަދު އެކަމާ ބަސް ވިދާޅުނުވަނީ ކީއްވެތޯ ވެސް ވަނީ ސުވާލު އުފައްދަވާފައެވެ.

"މި ފެންނަނީ ޕީޕީއެމް ގެ އިހުސާސް، އަތޮޅުތެރޭ ރައްޔިތުން ވެސް މިކަމުގެ ދިފާއުގަ ދެތުވެ ގެއްލިފައިވާ ހައްޤުގައި ތެދުވާން އެބަ ޖެހޭ" ރައީސް ޔާމީން އެއްވުމުގެ ބައިވެރިންނާ މުހާތަބް ކުރައްވާ ވިދާޅުވިއެވެ.

"ރައީސް ޔާމީނާކީ އަމިއްލައަށް ކަންކަން ނިންމާނެ މީހެއްނޫން. އަޅުގަނޑައް އެކަންޏެއް މަސައްކަތެއް ނުކުރެވޭނެ. އިންސާފުގެ މަގައްކުރައްވާ މަސައްކަތެއް އަޅުގަނޑަކަށް ނުހުއްޓުވޭނެ. ރައްޔިތުން އިންސާފް ހޯދުމަށް މަސައްކަތް ކުރައްވާނެ. އަޅުގަނޑަށް ލިބުނު މިނިމަން ވޯޓަކީ 96،000 ވޯޓް ކަމަށް މި ބަލަނީ. މި މި ބުނަނީ ވޯޓް ގެ ނަތީޖާ ޤަބޫލުނުކުރާ ވާހަކައެއްނޫން" ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި 96،000 ވޯޓް އަކީ މަދު ވެގެން އެމަނިކުފާނަށް ލިބުނު ވޯޓް ކަމަށައި މީގެ އިތުރައް ވެސް ވޯޓް ލިބިފައިވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ގެ ވާހަކަ ބޮޑައް އަލި އަޅުވާލާފައިވަނީ އީސީގެ މައްޗައް ކުރެވެމުންދާ ތުހުމަތުގެ މައްޗަށެވެ.

"އީސީއިން އެބަ ޖެހޭ ލީކް ވެފައިވާ އޯޑިއޯއާ ޖަވާބުދާރީވާން"

ލީކް ވެފައިވާ އޯޑިއޯ ކްލިޕް އިން ރައްޔިތުންނަށް އިނގޭނެ ނުފޫޒު ފޯރާފައިވާ މިންވަރު. ނުފޫޒް މީގެ ކުރިންވެސް ވަދެފަހުރީ އެެކި ވުޒާރާތަކާއި އިހްލާސްތެރި ބޭފުޅުންނަށް.

ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ މެސެޖަކީ ރައްޔިތުންގެ ސުޢޫރާއެކު ކުރިއަށް ގެންދާށޭ! އިންސާފް ވެރިވާން ޖެހޭ ކޮންމެ ކަމެއްގައިވެސް. އިނސްސާފް ނެތިއްޖެ ކަމުގައި ވަނީ ނަމަ ރައްޔިތުންގެ ނުތަނަވެސްކަން ރައްޔިތުން ހުށަހަޅަމުން ގެންދާނެއޭ.

މިވަރުގެ ބޮޑުކަމެއް ހިނގަ ދިޔާމާ، އީސީ އިން ޖަވާބެއް ލިބެން ދެން ރައްޔިތުން ސުޢޫރު ފާޅުކުރަމުން ގެންދާނެކަމަށެވެ. އަދި މާދާމާވެސް މުޒާހަރާ ކުރިއަށް ދާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އަދި މާދަމާ ރާއްޖޭގެ އެކި ރަށްރަށުން މި އަޑު އުފުލުން ކުރިއަށް ގެންދިޔުމަށް ވަނީ ގޮވާލާފައެވެ.

"ރައީސް އެއް ނޫޅެން ރައީސްއަށް ހައްޤު ނޫން އެއްޗެއް ހޯދަން. އަޅުގަނޑުމެންނަށް އަޅުގަނޑުމެނަށް ހައްޤު ލިބެންދެން އަޑު އުފުލުން ކުރިއަށް ގެންދާނަން" ރައީސް އިތުރަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް