މުޒާހަރާ ކަވަރުކުރަމުން ދިޔަ ވޮއިސްގެ ނޫސްވެރިޔާއަށް ފުލުހުން ހުރަސްއަޅަނީ/ ފޮޓޯ: ވޮއިސް
ހަބަރު
29 Mar 2023 | 15:37
އިންޑިއާ މުވައްޒަފުންގެ މުޒާހަރާ ކަވަރުކުރަމުން ދިޔަ "ވޮއިސް"ގެ ނޫސްވެރިޔާއަށް ފުލުހުން އިންޒާރު ދީފި!

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން މަޝްރޫއުގެ މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަނުދީ ގިނަ ދުވަސްވާ މައްސަލައިގައި އިންޑިއާ އެމްބަސީ ކައިރީ ކުރި މުޒާހަރާ ކަވަރުކުރަމުން ދިޔަ "ވޮއިސް" ގެ ނޫސްވެރިއަކަށް ފުލުހުން އިންޒާރުދީފި އެވެ. 

ޖޭއެމްސީގެ މަސައްކަތްތެރިން އިންޑިއާ އެމްބެސީ ކައިރިއަށް އެއްވެފައިވަނީ އެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައިގައި އިންޑިއާ އެމްބަސީގެ އެހީތެރިކަން ހޯދުމަށެވެ.

އެހެން ނަމަވެސް އެކަމަށްޓަކައި އެ ސަރަހައްދަށް އެއްވި ފަރާތްތަކާއި އިންޑިއާ އެމްބެސަޑަރު ބައްދަލުކުރުމަށް ދެކޮޅު ހައްދަވާ، އެމްބަސީއަށް ވަނުމަށް ފުލުހުން ހުރަސްއެޅުމާއި ގުޅިގެން މަސައްކަތްތެރިން ވަނީ އިންޑިއާ އެމްބަސީ ކައިރީ މުޒާހަރާކޮށްފަ އެވެ. 

އެ މަންޒަރުތައް ވަކަރުކުރަމުން ދިޔަ ވޮއިސްގެ ޗީފް އެޑިޓާ ޝަފްރާޒު އަހުމަދަށް ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ. 

އެގޮތުން މުޒާހަރާގެ މަންޒަރުތައް ރިކޯޑު ނުކުރުމަށާއި، އެ މަންޒަރުތައް ރިކޯޑުކުރާނަމަ ހައްޔަރުކުރާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ. އޭގެ އިތުރުން އެ ނޫސްވެރިޔާ ކޮއްޕާ ފުލުހުން ވަނީ ފަހަތައް ޖައްސާފައެވެ. 

ޝަފްރާޒުގެ މަސައްކަތަށް ހުރަސްއެޅި ފުލުސް އޮފިސަރުގެ ސާވިސް ނަންބަރު ކިޔާދިނުމަށް އެދުމުން ސާވިސް ނަންބަރު ދައްކަން ނުޖެހޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ ކަނޑައެޅިގެން ގާނޫނާއި ޚިލާފުކަމެކެވެ.

ފުލުހުން ޝަފްރާޒުގެ މަސައްކަތަށް ހުރަސްއަޅާފައިވަނީ މުޒާހަރާތައް ކަވަރުކުރުމުގެ ހުއްދަ ދީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކޮށްފައިވާ އެކްރިޓެޑް ފާސް ބޭނުންކޮށްގެން މުޒާހަރާ ކަވަރުކުރަމުން ދަނިކޮށްކަން ފާހަގަކޮށްލެވެއެވެ. 

މިއީ ފުލުހުން ނޫސްވެރިއަކަށް ހުރަސްއެޅި ފުރަތަމަ ފަހަރެއް ނޫނެވެ. އިދިކޮޅުގެ މުޒާހަރާތައް ކަވަރުކުރަމުންދާ ނޫސްވެރިންނަށް ކެނޑިނޭޅި ފުލުހުން އިންޒާރުދޭ މައްސަލަތައް މިހާރުވެސް އެކި ކޮމިޝަންތަކަށް ހުށައަޅާފައިވާއިރު، ފުލުހުންގެ ފަރާތުން ނޫސްވެރިއަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށްވެސް ގެންދަން ޖެހުނެވެ. 

ފުލުހުންގެ ފަރާތުން ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅާ، ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށައެޅި ނަމަވެސް، އެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބަލާ ފިޔަވަޅު އަޅަމުން ނުދާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ހަސަން
ކޮއްކޯ ހިތްވަރުކުކޭ ނޫސްވެރިނަށް ދައްކާ ބިރު މިފަހުދައްކާނީ ވަގު އިބޫއަށް ވޯޓްފޮށިކަން ޔަގީން!
29 Mar 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.