މަޖިލީހުގެ މީދޫ ދާއުރާގެ މެމްބަރު ރޮޒައިނާ/ ފޮޓޯ: މަޖިލިސް
ހަބަރު
30 Mar 2023 | 06:10
އިދެކޮޅު މީހުން ވުޒާރާތަކުގައި ތިބީމަކީ ސިޔާސަތު ތަންފީޒުކުރަން އޮތް ހުރަހެއް: ރޮޒައިނާ

ސަރުކާރުގެ ސިޔާސަތުތައް ޤަބޫލު ނުކުރާ، ނުވަތަ ސަރުކާރާއި ދެކޮޅު މީހުން ވުޒާރާތަކުގައި ތިބުމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އޮތް ހުރަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. 

ރޮޒެއިނާ މިފަދައިން ވިދާޅުވެފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑްރަގާއި ދެކޮޅަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވައިދުތައް ތަންފީޒު ނުކުރައްވާނެކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުالله ވިދާޅުވެފައިވާކަމަށް މަޖިލީހުގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެ ދެއްކެވި ވާހަކަތަކަށް މިއަދުގެ ޖަލްސާގައި ރައްދުދެއްވަމުން ނެވެ. 

ރޮޒައިނާ ވިދާޅުވީ ޑްރަގުގެ ވަބާއަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ރާއްޖެއަށް ކުރިމަތިވި ކަމެއް ނޫން ކަމަށެވެ. އެ ވަބާއިން އަރައިގަތުމަށް ޒަމާންތަކެއް ވަންދެން އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައިވާކަމަށް ރޮޒައިނާ ވިދާޅުވި އެވެ. 

ވަކި ސަރުކާރަކުން އެކުލަވާލި ގަވައިދަކަށް ވީތީ އެއަށް އަމަލު ނުކުރުމަކީ ތަންފީޒީ އިދާރާތަކަށް ލިބިގެންދާ އިޚްތިޔާރެއް ނޫން ކަމަށާއި، އަދި ހެދިފައިވާ ގަވައިދަކީ އިޚްތިޔާރީ ކަމަށް ހަދައިގެން އެފަދައިން ވުޒާރާތަކުން މަސައްކަތް ކުރަމުން ނުދާކަމަށް ރޮޒައިނާ ވިދާޅުވިއެވެ. 

ރޮޒައިނާ ވިދާޅުވީ ގަވައިދުތަކެއް ހެދިފައި ހުރި ނަމަވެސް، އެ ތަންފީޒުކުރުމުގައި އެކި ވަރުގެ ގޮންޖެހުންތަކާއި އަބަދުވެސް ކުރިމަތިވަމުން އަންނަ ކަމަށެވެ.

އެގޮތުން ސަރުކާރާއި ދެކޮޅު މީހުން ވުޒާރާތަކުގއި ތިބުމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މިއަހަރަކީ ރިޔާސީ އިންތިޚާބުގެ އަހަރަށް ވުމުން، ގަސްދުގައި ސަރުކާރު ބަދުނާމު ކުރުމަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރާއި ދެކޮޅު ފަރާތްތަކުން ވުޒާރާތަކުގައި ތިބެގެން މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

"ތަންފީޒުކުރުމުގައި ދިމާވާ ވަރަށް ގިނަ ދަތިތަކެއް ހުރޭ. ތަންފީޒުކުރުމުގައި އެންމެ ބޮޑު އެއް ދައްޗެއް ދިމާވަނީ ސަރުކާރުގެ ޕޮލިސީތަކާއި ދެކޮޅަށް މަސައްކަތްކުރައްވާ މީހުން ސަރުކާރުތެރޭގައި ތިބުމަކީވެސް އެ މައްސަލަ ދިމާވާ ކަމެއް. އަދި ޚާއްސަކޮށް މިހާރު އިންތިޚާބެއް ކައިރިވެފައި އޮތީމަ ސަރުކާރުގެ ތެރެއިން އެހެން ވިސްނުމުގައި ތިބޭ މީހުން ބޭނުމެއް ނުވޭ ސަރުކާރަށް ކަމެއް ވާކަމަށްވެސް ދައްކާކަށް. ސަރުކާރުން ކަމެއް ރަނގަޅުކުރަން އުޅެންޏާ އެކަމަށް ހުރަސްއެޅުމަކީވެސް އެބޭފުޅުން ކޮންމެހެން ކުރަން ބޭނުންވާ ކަމެއް"

މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ 

ރޮޒައިނާ މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިސް މަގާމުތަކަށް ކުއްލި ބަދަލުތަކެއް ގެންނަމުންދާކަން ފާހަގަކޮށްލެވެއެވެ. 

އެގޮތުން ދާދިފަހުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމުގައި ހުންނެވި ހުސެއިން އަމްރު އެ މަގާމުން ވަކިކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި ވެރިކަންކުރާ އެމްޑީޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒު އެމަޤާމުން ވަކިކޮށް އެ މަގާމް އެމްޑީޕީގެ ޗެއާޕާސަން ގެ ނާއިބު އިބްރާޙީމް ވަހީދު (އިބުރޭ)އަށް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ. 

ސަރުކާރުގެ މަޤާމުތަކުން ވަކިކުރައްވާފައިވާ ބޭފުޅުންނަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނެވެ. އެ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަކިކުރަނީ ރައީސް ޞާލިހާއި ސިޔާސީ ގޮތުން ޚިޔާލުތަފާތު ބޭފުޅުންނަށް ވާތީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ދަތިވާނެކަމަށް ވިދާޅުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.