ގާސިމް މަރުގެ ދައުވާލިބުނު އަދުހަމް މުހައްމަދު
ހަބަރު
30 Mar 2023 | 12:35
ގާސިމްގެ މަރު: ވާރިސުން ސާބިތު ކޮށްފި

މީގެ ތިން އަހަރު ކުރިން ވަޅި އަކުން ހަމަލާދީ ހުޅުމާލޭގައި މަރާލި ޓެކްސީ ޑްރައިވަރ އދ. މާމިގިލި، ގާސިމް ހަސަންގެ ވާރިސުން ސާބިތު ކޮށްފިއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު 04 ގައި ޓެކްސީ ޑްރައިވަރ ގާސިމް ހަސަންއަށް ވަޅިއަކުން ހަމަލާދީ މަރާލައިފާވަނީ ގާސިމްގެ ކާރުގެ ފަހަތު ސީޓްގައި އިން ޅ. ހިންނަވަރު, ބޮޑުހިޔާގެ, އަދުހަމް މުހައްމަދު ފޭރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާއި ގުޅިގެންނެވެ. އަދުހަމް މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އެއަހަރުގެ 15 ޑިސެމްބަރުގައެވެ.

މި މައްސަލައާއި ގުޅިގެން މި މަހު 19 ގައި ބޭއްވުނު އަޑުއެހުމުގައި އަދުހަމްގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ކްރިމިނަލް ކޯޓްއިން ވަނީ ކަނޑައަޅާފައެވެ.

މިއަށްފަހު ދެން އޮތީ ވާރިސުން ސާބިތު ކުރުމަށް ހެކިންގެ ހެކިބަސް ނެގުމެވެ. މިހާރު މި މަރުހަލާ ނިންމާ ގާސިމްގެ ފަސް ވާރިސުން ވަނީ ދެނެގަނެފައެވެ. އެގޮތުން ހެކިން ބުނި ގޮތުގައި ގާސިމް މަރުވިއިރު އޭނާގެ މައިންބަފައިންނާއި އަންހެނުން ދުނިޔޭގައި ނެތް ނަމަވެސް އޭނާގެ 5 ދަރިން ތިއްބެވެ.

ދެން އޮންނާނީ މި ވާރިސުންގެ ބަސްނަގައި ކުށުގެ އަދަބު ކަނޑައެޅުމެވެ. އެގޮތުން ވާރިސުންގެ ބަސް ނެގުމަށް ވީ އެންމެ އަވަހަކަށް އަޑުއެހުމެއް ތާވަލު ކުރާނެ ކަމަށް ގާޒީ އަލީ ނަދީމް މިއަދު ވިދާޅުވެފައިވެއެވެ.

މި މަހު 19 ގައި އަދުހަމްގެ މައްޗަށް ކުށް ސާބިތު ކުރުމަށް ބޭއްވުނު އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވެފައިވަނީ ގާސިމް މަރާލި ސަރަހައްދުން ފެނުނު ވަޅިން އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ ވަޅި ހެރިކަމާއިމެދު އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށެވެ.

އަދި ވަޅީގެ ހަމަލާއާއިމެދު އެކި ފަހަރު އެކި ގޮތަށް ވާހަކަދެއްކި ނަމަވެސް ކޮންމެ ފަހަރަކުވެސް ވަޅި ހެރި ކަމަށް އަދުހަމް އެއްބަސްވެފައިވާކަމަށެވެ.

އަދުހަމް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އިއުތިރާފްވެ އެއަށްފަހު އޮތް ބައްދަލުވުމެއްގައި އޭނާ އެކަން ކުރީ މަސްތުގެ ހާލަތުގައިކަމަށާއި ގަސްތުގައި ނޫން ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން ގާޒީ ނަދީމް ވިދާޅުވެފައިވަނީ ކުށުގެ ވެށިން ފިލުމަށް އަދުހަމް ކުރި މަސައްކަތުންވެސް މިއީ ގަސްތުގައި ކޮށްފައިވާ ކަމެއްކަން ހާމަވާކަމަށާއި މީހުން ދިރިނޫޅޭ ހިސާބެއްގައި ހިނގި އެ ހާދިސާއަށް ފަހު ގާސިމަށް އެހީތެރިވުމަށް އަދުހަމް މަސައްކަތް ކުރި ނަމަ، އޭނާގެ ކިބައިގައި މެރުމުގެ ގަސްދު ނެތް ކަމަށް ބެލެވުނީސް ކަމަށެވެ.

އަދި މަސްތުގެ ހާލަތުގައި އަދުހަމް އެވަގުތު ހުރިއިރު އޭނާ ހުރީ ކުރި ޢަމަލުގެ ނަތީޖާ ނުވިސްނޭ ހާލަތުގައި ނޫންކަމަށްވެސް ޤާޒީ ވިދާޅުވެފައިވެއެވެ.

މިއާއިއެކު ގާޒީ ވަނީ ގާސިމްގެ މަރާއި ގުޅިގެން ހެދި މެޑިކޯ ލީގަލް ރިޕޯޓާއިމެދު އަދުހަމް ސުވާލު އުފައްދާފައިނުވާކަން ފާހަގަކުރައްވާފައިވެއެވެ.

އަދި ދިރިހުރުމުގެ ހައްގު ކޮންމެ މީހަކަށް ލިބިފައިވާކަން ފާހަގަ ކުރައްވާ ގާޒީ ވިދާޅުވެފައިވަނީ މި ހައްގު މީހެއްގެ ކިބައިން އަތުލެވޭނީ ކޯޓަކުން ކުރާ ހުކުމަކުން ކަމަށާއި ގާސިމްގެ ލޭ ހުއްދަ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން ގާސިމް މަރާލައިފާވަނީ ހައްގަކާއި ނުލާ ކަމަށެވެ.

"ގާސިމް ހަސަން މަރާލުމުގެ ގަސްދު އަދުހަމް މުހައްމަދުގެ ކިބައިގައި އޮތްކަން ސާބިތުވާ ކަމަށް ކަނޑައަޅަން." ގާޒީ ނަދީމް ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.