މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު/ ފޮޓޯ: މަޖިލިސް
ހަބަރު
31 Mar 2023 | 13:46
އެންމެ ރަނގަޅުވާނީ ސަރުކާރާއި ދެކޮޅު ބޭފުޅުން މަގާމުތަކުން އިސްތިއުފާދިނުން: ޝަރީފު

މި ޙާލަތުގައި އެންމެ ރަނގަޅު ވާނީ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ސަރުކާރާއި ދެކޮޅު ފަރާތްތައް އިސްތިއުފާދެއްވުން ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގޮތްޕަށް ނިސްބަތްވާ ބައެއް ފަރާތްތައް މަގާމުން ވަކިކުރުމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤަސިމް އިބްރާހިމް ރިޔާސީ ރޭހުގައި ވާދަކުރައްވަން ނިންމެވުމާއި ގުޅިގެން ޖޭޕީގެ ސްލޮޓުތައް ހުސްކުރުމަށް ރައީސް ޞާލިހަށް ތާއީދުކުރައްވާ މެމްބަރުން ގޮވާލައްވަމުންދާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

ޝަރީފު ވިދާޅުވީ މިއީ އެބޭފުޅަކު އިޚްތިޔާރު ކުރާނެ ފަޅި އަވަހަށް ނަންގަވަންވީ ވަގުތު ކަމަށެވެ. ކުރިއަށް އޮތް ފަހްތާއެއްހާ ދުވަހުގެ ތެރޭގައި މަންޒަރު ވަރަށް ސާފުވާނެ ކަމަށާއި، ސަރުކާރާއި އެއްކޮށް ތިއްބެވި ބޭފުޅުންނާއި ސަރުކާރާއި ދެކޮޅު ބޭފުޅުން ހާމަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސަރުކާރާއި ދެކޮޅު ފަރާތްތައް ސަރުކާރުގެ ވުޒާރާތަކުންނާއި ކުންފުނިތަކުން ވަކިކުރަމުންދާއިރު ޝަރީފު ވިދާޅުވެފައިވަނީ މި ހާލަތުގައި އެންމެ ރަނގަޅުވާނީ ސަރުކާރާއި ދެކޮޅު ބޭފުޅުން އަމިއްލަފުޅަށް ސަރުކާރުގެ މަގާމުތަކުން އިސްތިއުފާދެއްވުން ކަމަށެވެ. 

"ކުރިއަށް އޮތް ހަފްތާ ދެ ހަފްތާއެއްގައި ކުރިމަގު މާ ބޮޑަށް ސާފުވާނެ. އެބަޔު ނަގާކޮޅެއް ނަގާނެކަމަށް ފެންނަނީ. ފަރުދާ ދަނީ ކަޝްފުވަމުން. އިބްރާހިމް މުޙައްމަދު ޞާލިހު ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވާނެ. ދެކޮޅު ބޭފުޅުން ސަރުކާރުގެ ސިޔާސީ މަގާމުތަކުން އިސްތިއުފާދިނުން އެންމެ ރަނގަޅީ"

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު

ޝަރީފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއެކު ތިއްބެވި ބަޔަކާއެކު މަސައްކަތްޕުޅު ކުރައްވައިގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. 

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމާއި ގުޅިގެން ސަރުކާރުގެ މަތީ ފަޑީގައި ތިއްބެވި އެ ޕާޓީގެ ބައެއް މެމްބަރުން ގެންދަނީ ޖޭޕީން އިސްތިއުފާދެއްވަމުން ނެވެ. 

އެހެންކަމުން، ޝަރީފު އެ ވިދާޅވިފަދައިން ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ސަރުކާރުގައި ތިއްބެވި އެހެން ސިޔާސަތުތަކުގެ ބޭފުޅުން މަގާމުތަކުން ވަކިވާނެކަމަށް ބެލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.