އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތް ކުރަނީ
ހަބަރު
01 Apr 2023 | 12:09
ފެން ހިންދުމަށް ސިފައިން ނިކުމެއްޖެ

ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ ފަށައިފިއެވެ.

އެެގޮތުން މިއަދު ހެނދުނު 08:31 ހާއިރު ފެން ހިއްކުމުގެ މަސައްކަތްފަށާފައިވާއިރު، މިހާތަނަށް މާލޭގެ ހަތަރު ސަރަހައްދެއްގައި (ވެސްޓްޕާރކް، އައިޖީއެމްއެޗް، ދިރާގު ހެޑް އޮފީސް އަދި އެކުވެނި) ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މިއަދު މާލެއަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ވަނީ އަދަޔާޚިލާފަށް ފެން ބޮޑުވެފައެވެ. ހާއްސަކޮށް މާފަންނު ސަރަހައްދުގައި ފެންބޮޑުވެފައިވާއިރު އެ ސަރަހައްދުގެ ފިހާރަތަކަށާއި ގެތަކަށް ފެން ވަދެ އާންމުން ވަނީ ދަތިތަކާއި ކުރިމަތިލާފައެވެ.

މާލެގެ މަގުތަކުގެ މައްސަލަތައް މާލެ ސިޓީގެ ދަށުގައި ވީނަމަވެސް ފެން ހިނދުމުގެ ނިޒާމުގެ ކަންކަން ކުރަނީ ހައުސިން މިނިސްޓްރީގެ ފަރާތުންނުނެވެ. އެ މިނިސްޓްރީން މި މައްސަލާގައި އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު, މި ޕަންޕުތައް މާލެގައި ފެންބޮޑުވެ ގިނަ އިރުތަކެއްވީއިރުވެސް ބޭނުން ނުކުރާ މައްސަލާގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޢިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިއާއިއެކު ވާރެ ހުއްޓާލިތާ ގިނަ އިރުތަކެއް ވެފައިވީ ނަމަވެސް ފެން ނުހިނދުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.