ފެންހިންދުމަށް އެމްއެންޑީއެފް އިން މަސައްކަތް ކުރަނީ
ހަބަރު
01 Apr 2023 | 22:43
މާލޭގައި ފެންބޮޑުވުމުގެ ސަބަބުން 3 ގެއަކަށް ގެއްލުން ލިބިފައިވޭ: އެންޑީއެމްއޭ

މިއަދު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން 3 ގެއަކަށް ގެއްލުން ލިބިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ އޮތޯރިޓީއިން ބުނެފިއެވެ.

އެމްޑީއެމްއޭ އިން މިހެން ބުނެފައިވަނީ މާލޭގައި މިއަދު ފެންބޮޑުވުމާއި ގުޅިގެން އެހީވުމަށް ކުރެވުނު މަސައްކަތުގެ އަދާހަމަ ހާމަކުރަމުންނެވެ.

އެގޮތުން ބައެއް ގޭގެއަށް ގެއްލުން ލިބެމުންދާކަމުގެ ރިޕޯޓު ލިބުމާއިއެކު އެމެޖަންސީ އޮޕަރޭޝަންސް ގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޑީއެމްއޭއިން މައުލޫމާތު ދެއެވެ.

މިއާއިއެކު ފެން ބޮޑުވާ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމަށާއި އާންމު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލްއަށް އެ މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށް އެމްޑީއޭއިން ބުނެފައިވެއެވެ. އަދި ވެލި ބަސްތާ ޖެހުމަށް ބޭނުންވާ ގޯނި ވެސް ވާނީ މާލޭ ސިޓީ ކައުންސިލްއަށް ފޯރުކޮށްދީފައި ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ފެންބޮޑުވުމުގެ ސަބަބުން ގޭތެރެއަށް ނަޖިސް ބޭރުވުމާއި، ބައެއް ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިގެން ރިޕޯޓްކުރި 3 ގޭގެ ހާލަތުބަލާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް ވެސް އެމްޑިއެމްއޭ އިން ބުނެފައިވެއެވެ.

މިއަދު މާލެއަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ވަނީ އަދަޔާޚިލާފަށް ފެން ބޮޑުވެފައެވެ. ހާއްސަކޮށް މާފަންނު ސަރަހައްދުގައި ފެންބޮޑުވެފައިވާއިރު އެ ސަރަހައްދުގެ ފިހާރަތަކަށާއި ގެތަކަށް ފެން ވަދެ އާންމުން ވަނީ ދަތިތަކާއި ކުރިމަތިލާފައެވެ.

މިކަން ހައްލުކުރުމަށްޓަކައި އެމްއެންޑީއެފްއިން ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ހެނދުނުއްސުރެ އަންނަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.