އެމްޑަބްލިއެސްއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު
ހަބަރު
01 Apr 2023 | 15:21
ފެންބޮޑުވުން ހައްލު ކުރެވޭނީ މިހާރު ހުރި ޕަމްޕްތައް ބޮޑުކޮށްގެން: ޝާހު

މިއަދު މާލެއަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުން ފެން ނުހިނދުނީ މިކަން ކުރުމަށް ބަހައްޓާފައިވާ ޕަމްޕްތައް މަސައްކަތް ނުކުރާތީ ނޫން ކަމަށާއި ފެންބޮޑުވުން ހައްލު ކުރެވޭނީ މިހާރު ހުރި ޕަމްޕްތައް ބޮޑުކޮށްގެން ކަމަށް އެ ނިޒާމު ބަލަހައްޓާ ކުންފުނި، އެމްޑަބްލިއެސްއެސްސީއިން މިއަދު ބުނެފިއެވެ.

މާލެއަށް މިއަދު ކުރި ވިއްސާރާގައި އަދަޔާޚިލާފަށް ވަނީ ފެންބޮޑުވެފައެވެ. ހާއްސަކޮށް މާފަންނު ސަރަހައްދުގައި ފެންބޮޑުވެފައިވާއިރު އެ ސަރަހައްދުގެ ފިހާރަތަކަށާއި ގެތަކަށް ފެން ވަދެ އާންމުން ވަނީ ދަތިތަކާއި ކުރިމަތިލާފައެވެ.

މިކަމާއި ގުޅިގެން އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް މީޑީއާ އަށް ވިދާޅުވީ މާލޭ ފެންބޮޑުވީ ޕަމްޕްތައް މަސައްކަތް ނުކޮށްގެން ނޫން ކަމަށާއި އެންމެ ޕަމްޕެއް ނޫނީ ހުރިހާ އެއްޗެއް ވެސް ބަރާބަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއާއިއެކު މަސައްކަތް ނުކުރާ ޕަމްޕަކީ އަމީނީ މަގު ހަދަމުން ދާތީ ނުޖެއްސި ހުރި ޕަމްޕެއް ކަމަށް ވެސް ޝާހު ވިދާޅުވި އެވެ. މިއީ ސިނަމާލޭ ފްލެޓް ސަރަހައްދުގައި ހުންނަ ޕަންޕެކެވެ.

ޝާހު ވިދާޅުވި ގޮތުގައި މާލޭގައި މިހާރު އެހާ ބޮޑަށް ފެންބޮޑުވަނީ، މޭޔަރު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ގާއިމްކޮށްފައިވާ ފެން ހިންދާ ނިޒާމަކީ މާލޭގެ ކެޕޭސިޓީއަށް ވުރެ ކުޑަ ނިޒާމަކަށް ވާތީ ކަމަށެވެ.

އެގޮތުން މި ނިޒާމު ޑިޒައިންކޮށްފައި ހުރީ މާލޭގެ ގޭގޭ ފުރާޅުން މަގުމައްޗަށް އެޅޭ ފެން ޖަމާވާނޭ ކަމަށް ބަލައިގެންނޫން ކަމަށާއި މިހާރު ހުރި 9 ކިލޯވޮޓްގެ ޕަމްޕްތައް 13 ކިލޯ ވޮޓަށް ބަދަލުކޮށްގެން ނޫނީ މާލެއަށް އޮބި ނޯންނާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

މިހާރު ގާއިމްކޮށްފައިވާ ނިޒާމަކީ ފެންގަނޑު ބޮޑުވާތީ 2-3 ގަޑިއިރު ތެރޭ ފެންގަނޑު ހިންދާލާ ގޮތަށް ގާއިމްކޮށްފައިވާ ނިޒާމެކެވެ.

މީގެ އިތުރުން ކާނުތައް ރަނގަޅަށް ސާފު ނުކުރެވުމަކީ ވެސް މައްސަލައެއް ކަމަށް ފާހަގަކުރައްވާ ޝާހު ވިދާޅުވީ އެކަމުގެ ސަބަބުން ޕަމްޕްތަކާ ހަމަޔަށް ފެންގަނޑު ނައިސް ބްލޮކްވެފައި ހުންނަ ކަމަށެވެ.

"މީގައި މުޅިން ހައްލު ގެންނަންޏާ ކާނު ސާފުކުރުން ވެސް ރަނގަޅަށް އެބަ ގެންދަން ޖެހޭ. މީގެ ކުރިން ވެސް އެމްއެންޑީއެފްއިން ޖައްސާ މައްސަލައެއް އެއީ ކާނުތައް ތެރޭ ފިލާބުރިބުރި ކަހަލަ އެއްޗިހި ހުރެގެން ޕަމްޕްތަކާ ހަމައަށް ފެންނުގޮސް ބްލޮކްވެފައި ހުންނަ ވާހަކަ،" ޝާހް ވިދާޅުވި އެވެ.

ފެން ހިންދާ ނިޒާމު ބެލެހެއްޓުމަށް ހަދާފައިވާ އެގްރިމަންޓް މިދިޔަ ނޮވެމްބަރު މަހު ހަމަވެފައިވުމުން އެ އެއްބަސްވުން ޑިސެމްބަރަށް އިތުރު ކުރުމަށް ފަހު އާ އެއްބަސްވުމެއް ހެދުމަށް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕަމްޕްތައް ބޮޑު ކުރެވޭނީ ސަރުކާރުން އެކަން އެ ކުންފުންޏާ ހަވާލުކުރީމައެވެ. މީގެ ކުރިންވެސް ޕަމްޕްތައް ބޮޑުކުރަން ޖެހޭކަން އެ ކުންފުނިން ފާހަގަކޮށްފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން މާލޭގެ ސްޓޯމް ޑްރެއިނޭޖް ނިޒާމް ބަލަހައްޓަނީ އެމްޑަބްލިއުއެސްސީންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.