އަރަބިއްޔާ ދަރިވަރުންތަކެއ-- ފޮޓޯ/ އަވަސް
02 Apr 2023 | 18:41
ޢަރަބިއްޔާ ދަރިވަރުން ނިޤާބް އެޅުން މަނާ ކުރި މައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިއްްޖެ!

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައި ތަޢުލީމް ޙާޞިލުކުރަމުންދާ އަންހެން ކުދިންގެ ތެރެއިން، މޫނު ކަޝްފުކޮށްގެން މުޖްތަމަޢުގެ ތެރެއަށް ނިކުންނަން ބޭނުންނުވާ ކުދިންނަށް، ސްކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން ނިޤާބު އަޅައިގެން ސްކޫލަށް ދަނިކޮށް، ނިޤާބު އަޅައިގެން ސްކޫލަށް ޙާޟިރުނުވެވޭނޭކަން އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުމަށް ޢަމަލު ކުރުން މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެދޭން އެދިއްޖެއެވެ.  

ސިވިލްކޯޓަށް މި މައްސަލަ މިއަދު ހުށަހަޅާފައިވަނީ ޢަރަބިއްޔާގެ ބައެއް ކުދިންގެ ބެލެނިވެރިންގެ ފަރާތުން ރެހެންދި ޗެންބާރސް ލޯ ފާމް އިންނެވެ. އަދި މި މައްސަލާގައި ވަކާލާތު ކުރައްވާނީ ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލާ ޢާއިޝަތު އާޒިމާ ޝަކޫރެވެ. 

މި މައްސަލަ އާއި ގުޅިގެން މައުލޫމާތު ދެމުން އެ ލޯފާރމް އިން ބުނީ، އެ މައްސަލަ ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 2020/24 (ތަޢުލީމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު: 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި،  އަދި ދިވެހިރާއްޖެ ބައިވެރިވެ، އަދި ބަލައިގަނެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތައް ކަމުގައިވާ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް  އާއި، ކޮންވެންޝަން އޮންދަ ރައިޓްސް އޮފް ދަ ޗައިލްޑް އާއި، ކޮންވެންޝަން އޮންދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެޖެއިންސްްޓް ވޮމެން އާއި، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިކޮނަމިކް އެންޑް ސޯޝަލް ރައިޓްސް ގެ ދަށުން، އަންނަނިވި ޤާނޫނީ މައްސަލަތައް ފާހަގަކޮށްފައި ކަމަށެވެ.

(ހ) އެއްވެސް ގޮތަކުން ތަފާތުކުރުމެއް ނެތި، ތަޢުލީމް ލިބިގަތުމަކީ ދިވެހިރާއްޖެގެ ކޮންމެ ކުއްޖަކަށްމެ ލިބިފައިވާ، އިންސާނީ ދުސްތޫރީ އަދި ޤާނޫނީ ޙައްޤަކަށްވާކަން. 

(ށ) ޤާނޫނު ނަންބަރު : 2020/24 (ތަޢުލީމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު: 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ކުދިންނަށް ފަށާ ތަޢުލީމާއި މެދު މަދަރުސީ ތަޢުލީމް ދިނުމަކީ މައިންމަފައިންނަށާއި ދައުލަތުގެ މައްޗަށް ލާޒިމުކަމެއްކަމަށާއި، އެއްވެސް ފަރާތަކުން އެއްވެސް ކުޑަކުއްޖަކު އުނގެނުމުގެ ޙައްޤުން މަޙުރޫމްކޮށްގެން ނުވާނޭ ކަމަށާއި،  ހުރިހާ ކުދިން ޝާމިލުވާނޭ ގޮތެއްގެ މަތިން، ޕްރީ ސްކޫލް ތަޢުލީމާއި، ފަށާ ތަޢުލީމާއި، ޘާނަވީ ތަޢުލީމު އަދި މަތީ ޘާނަވީ ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި އެކަށީގެންވާ ވަޞީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދޭންޖެހޭނޭ ކަމަށާއި، މިކަންކަން ޙާޞިލުކުރެވޭނޭ ގޮތެއްގެ މަތިން، ތަޢުލީމް ލިބިދިނުމަށްޓަކައި އެކަށީގެންވާ ނިޒާމެއް ތަރައްޤީކޮށް، ކޮންމެ ކުއްޖަކަމަށްމެ ތަޢުލީމް އުނގަންނައިދެވޭނޭ ގޮތް ހަމަޖެއްސަން ޖެހޭނޭ ކަމަށާއި،  ކޮންމެ ކުއްޖަކުމެ، ޢުމުރުން 18 އަހަރުވަންދެން ތަޢުލީމް އުނގެނުމުގެ ނުވަތަ ހުނަރު ދަސްކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވާ ކަން ކަށަވަރުކުރަންޖެހޭނޭ ކަމަށާއި، ގަވާއިދުން ކުދިން ސްކޫލަށް ޙާޟިރުވުމަށް ބާރުއަޅައި، ތަޢުލީމް ޙާޞިލުނުކޮށް ސްކޫލުން ވަކިވާ ކުދިންގެ ޢަދަދު މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނޭ ކަމަށާއި، އެކުދިން ސްކޫލަށް ގެންދާނޭ ނިޒާމެއް އެކުލަވާލުމަށާއި، މިކަންކަން ކުރުމުގެ ޒިންމާ ސަރުކާރާ މަތިކޮށް، މިކަންކަން ކަށަވަރުކުރުމަށް ދައުލަތުގެ މައްޗަށް ޤާނޫނީ ގޮތުން ޒިންމާކޮށްފައިވާކަން. 

(ނ) އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން، އެއްވެސް ޙާލަތެއްގައި އެއްވެސް ކުއްޖަކު ތަޢުލީމުގެ ޙައްޤުން މަޙުރޫމް ނުކުރެވޭނޭ ގޮތަށް ކަންކަން ބައްޓަންކޮށް ތަރުތީބުކުރުމަކީ ދިވެހިދައުލަތުގެ މައްޗަށް އޮތް ޒިންމާއަކަށްވާއިރު، އެއްވެސް ކުއްޖަކަށް ސްކޫލަށް ނުދެވޭނޭ ގޮތަކަށް ނުވަތަ ތަޢުލީމުން މަޙުރޫމްކުރެވޭނޭ ގޮތަކަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަން ނުކުރެވޭނޭ ކަން. 

(ރ) ނިޤާބް އެޅުމަކީ ނުވަތަ މޫނު ނިވައިކޮށްގެންނޫން ގޮތަކަށް މުޖްތަމަޢަށް ނުކުތުމަކީ މިހާރު ދިވެހިރާއްޖޭގައި މުޖްތަމަޢުން ޤަބޫލުކޮށްފައިވާ އަދި ޤާނޫނީގޮތުން ހުއްދަ ހެދުން އެޅުމުގެ އާދައަކަށްވާއިރު، އެހެން ކުދިންނެކޭ އެއްގޮތަކަށް ސްކޫލަށް ޙާޟިރުވެ ތަޢުލީމްގެ ފުރުޞަތުތައް ލިބިގަތުމުގެ ޙައްޤު އެކުދިންނަށްވެސް ލިބިގެންވާކަން. 

(ބ) ނިޤާބް އަޅައިގެން ނުވަތަ މޫނު ނިވާކޮށްގެން ސްކޫލަށް ޙާޟިރުވެވޭނޭ ފަދައިން ސްކޫލްގެ ޔުނިފޯމް ބައްޓަންކޮށްފައިވާ އެއްވެސް ސްކޫލެއް އެކުދިން ދިރިއުޅޭ މާލޭގައި ސަރުކާރުން ޤާއިމުކޮށްފައިނުވާއިރު، މިހާރު ޢަރަބިއްޔާގެ ސްކޫލްގެ ޔުނިފޯމް ކޯޑު މިހާރުގެ މެނޭޖްމަންޓުން ތަރުޖަމާކުރައްވާ ގޮތަށް ހަރުކަށިކަމާއެކު ތަންފީޛުކޮށް ނިޤާބް އަޅާ ކުދިންނަށް ސްކޫލަށް ނުދެވޭނޭ ގޮތަށް ހަމަޖައްސައިފިނަމަ، މިހާރު ޢަރަބިއްޔާގައި ތަޢުލީމް ޙާޞިލުކުރާ ކުދިންގެ ތެރެއިން، މޫނު ކަޝްފުކޮށްގެން ޢާންމުންގެ ތެރެއަށް ނިކުންނަށް ބޭނުންނުވުމުގެ ސަބަބުން، ނިޤާބުއަޅާ ކުދިން، ދާނޭ އެހެން ސްކޫލެއްނެތި ތަޢުލީމްގެ ފުރުޞަތުތަކުން އެކުގައި މަޙްރޫމްވާނެ ކިޔަވަންދާނޭ ސްކޫލެއް ނުހުންނާނޭ ކަން. އަދި މިކަންކަން މިގޮތަށް ހަމަޖައްސައިފިނަމަ، އެކުދިންގެ ތަޢުލީމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، މުސްތަޤްބާލަށް ބޮޑެތި ގެއްލުންވާނޭކަން. 

(ޅ) ސްކޫލްތަކުގެ ޔުނިފޯމްކޯޑާއި، ޢާންމު ގަވާއިދުތައް ހެދުމަކީ ސަރުކާރަށް ލިބިފައިވާ ބާރަކަށްވީ ނަމަވެސް، އަދި މުޖްތަމަޢުގައި ހުންނަކަމަށް ސަރުކާރުން ޤަބޫލުކުރާ މައްސަލަތަކުގައި ސިޔާސަތުއެކުލަވާލައި ތަންފީޛުކުރުމަކީ ސަރުކާރަށް ކުރެވިދާނޭ ކަމެއްކަމުގައިވީ ނަމަވެސް، މިފަދައިން އެކުލަވާލެވޭ ސިޔާސަތުތަކުން އަދި ގަވާއިދުތަކުން، ތަޢުލީމުގެ ޙައްޤުން އެކުގައި އެއްވެސް ކުދިބަޔަކު، ނުވަތަ އެންމެ ކުއްޖަކުވިޔަސް މަޙްރޫމުނުކުރެވޭނޭ ކަމާއި، އަދި ތަޢުލީމަކީ އުނިނުކުރެވޭނެ، އެއްވެސް ގޮތަކުން ނިގުޅައިނުގަނެވޭނޭ ޙައްޤެއް (absolute right) ކަމުގައިވާކަން.

(ކ) އަދި ހަމައާއެކު، ޢަރަބިއްޔާ ސްކޫލްގައި މިހާރު މިކުދިންނާ މެދު ތަފާތުކޮށް ކަންކުރާތީއްޔާއި، އަދި މިކަންކަމުގެ ސަބަބުން ކުދިން ތަޢުލީމުން ދުރުވެ، ކިޔެވުމަށާއި އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ބުރީ އަރަމުންދާތީ މިކަމަށް ޙައްލެއް ހޯދުމަށްވެސް މައްސަލައިގައި ހިމެނިފައިވާނެ ކަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން އެ ލޯފާމް ބުނީ، މިމައްސަލައިގައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރެވެންދެން، ނިޤާބު އަޅައިގެން ދާ ކުދިންނަށް ސްކޫލަށް ޙާޟިރުނުވެވޭނޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ދައުލަތަށާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި އަދި އަރަބިއްޔާސްކޫލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.