ފަހުވަގުތު ޖެހި ޕެނަލްޓީއާއެކު ބޯންމައުތު މޮޅުވެއްޖެ

02 Oct 2018 | 06:08

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބޯންމައުތް އަދި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 2 ލަނޑުން 1 ލަނޑުން ބޯންމައުތް ކާމިޔާބުކޮށްފިއެވެ.

ދެ ޓީމުންވެސް ނުރައްކާތެރި ހަމަލާތަކެއް ގޯލާއި އަމާޒު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާއި ލީޑް ނަގައިފައިވަނީ ބޯންމައުތްއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ 5 ވަނަ މިނެޓުގައި ބްރޫކްސްއެވެ. މިއީ އޭނާ ބޯންމައުތަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފް ފަށައިގެން މާ ގިނައިރުތަކެއް ނުވެ މެޗުގެ 55 ވަނަ މިނެޓުގައި ޕެލަސްގެ ވެން އާންހޮލްޓް ވަނީ މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްދީފައެވެ. ބޯންމައުތް މޮޅުކޮށްދިން ލަނޑު އެޓީމުގެ ސްޓޭނިސްލަސް ކާމިޔާބުކޮށްދީނީ 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޕެލަސްގެ ކޯޗް ހޮޑްސަން ބުނެފައިވަނީ ރެފްރީ މައިކް ޑީން ބޯންމައުތަށް ދިން ޕެނަލްޓީއަކީ އެ ޓީމާއި މެދު ހާއްސަގޮތްތަކެއް ބެހެއްޓުމުގެ ނަތީޖާ ކަމަށެވެ. ބޯންމައުތުގެ ކޯޗު އެޑީ މި ވާހަކަތަކަށް ރައްދު ދެމުން ބުނެފައިވަނީ ހޮޑްސަން އެއްބަސް ނުވިއަސް ބޯންމައުތު މި މެޗުން މޮޅުވާން ހައްގުކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement