ނ. މަނަދޫ
ހަބަރު
08 Apr 2023 | 12:06
މަނަދޫ މަރު: ހަށިގަނޑު ހިނަވާ ގެއަށް ގެންގޮސްފި، މޫނު ދައްކާނީ އާއިލާއަށް އެކަނި

ނ މަނަދޫ ގެއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮތް އަންހެން މީހާ ހިނަވާގެއަށް ގެންގޮސްފައިވާ ކަމަށާއި، މޫނު ދެއްކުމަށް ހަމަޖެހިފައި ވަނީ އާއިލާގެ މީހުންނަށް އެކަނި ކަމަށް މަނަދޫ ކައުންސިލުން ބުނެފިއެވެ.

ނ. މަނަދޫ، އަންނާރުމާގޭ ނަޢީމާ މޫސާ، 62، މަރުވެފައި އޮއްވާ ފެނިފައި ވަނީ އިއްޔެ އިރުއޮއްސުނު ވަގުތުގައެވެ.

އެކަމާ ގުޅިގެން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހު ވިދާޅުވީ، މަރުވެފައިވާ މީހާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން ހިނަވާގެއަށް ގެންގޮސްފައިވާ ކަމަށެވެ. ސަބީހު ވިދާޅުވީ ކަށުނަމާދު ކުރާނެ އިރެއް ނޭނގޭ ކަމަށާއި އަދި އިތުރަށް ހަށިގަނޑާމެދު ކަންތައް ކުރާނެ ގޮތެއްވެސް އެނގިނުލައްވާ ކަަމަށެވެ.

މަނަދޫ ކައުންސިލް މެމްބަރު އަހުމަދު ރިމްޒާދު ވިދާޅުވި ގޮތުގައި، ހަޑިގަނޑު ހިނަވާގެއަށް ގެންގޮސްފައި ވަނީ މިއަދު ހެދނުދު 6:45 ހާއިރުއެވެ. ރިމްޒާދު ވިދާޅުވީ ހިނެވުމުގެ ކަންތައްތައް އަދި ނުފަށާ ކަމަށާއި ހިނަވައި ކަށުނަމާދު ކުރާނީ، ފުލުހުން ހަށިގަނޑު ކައުންސިލާ ހަވާލު ކުރުމުން ކަމަށެވެ.

މަރު ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ޓީމެއް މިހާރު ދަނީ މަނަދޫގައި ހަރަކާތްތެރި ވަމުންނެވެ. 

ފުލުހުންނަށް އޭނާގެ އާއިލާއިން ކުރި ރިޕޯޓާއި ގުޅިގެން އެއަންހެންމީހާ ދިރިއުޅެމުންދިޔަ ގެޔަށް ފުލުހުން ގޮސް އެގޭ ކޮޓަރީގެ ދޮރު ވައްޓާލައިގެން ފުލުހުން ވަނީ ވަދެފައެވެ. އަދި އޭރު އެއަންހެން މީހާ އެކޮޓަރީގެ ބިންމަތީގައި މަރުވެފައި އޮއްވައި ވަނީ ފެނިފައެވެ. 

އެމަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ފެނިގެން ފުލުހުން މިހާރު ވަނީ ހުއްދަނެތި އެރަށަށް އަރައިފޭބުން މަނާކޮށްފައެވެ. އޭގެ އިތުރުން ރަށަށް އަންނަ ފަރާތްތަކުންވެސް ފުލުހުންނަށް އެންގުމަށް ފަހު ރަށަށް އެރުމަށް ވަނީ އަންގައިފައެވެ. 

ކޮމެންޓް
Rezputant
ހައް ހައް ހާ، މަރުވިތާ 2 ދުވަސް ފަހުން ކޮން އަރާފޭބުމެއް މަނާކުރާކަށް؟ ތިޔަ ކަން ކުރި ބަޔަކު ތިރަށް ކީއްކުރަން ރާއްޖެ ދޫކޮށްވެސް ދާނެ ވަގުތު ތިއޮތީ ލިބިފަނު......
08 Apr 2023
އަލީ
މޫނު ނުދައްކާން މިއުޅެނީ މިކަން ފުލުހުންނަށް ބެލޭނެ ކަމުގެ އުއްމީދެއް ނެތީމާ ކަމެއް ނުވާކަމަށް ހަދަންވެގެންބާ.
09 Apr 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.