އާސަންދަ އޮފީސް/ ފޮޓޯ: އާސަންދަ
ހަބަރު
08 Apr 2023 | 13:31
އާސަންދަ ބަޖެޓުން 600 މިލިއަން ރުފިޔާ ޚަރަދުކޮށްފި

ރައްޔިތުންނަށް ހިލޭ ބޭސްފަރުވާކޮށްދިނުމަށް އެކުލަވާލާފައިވާ އާސަންދަ ހެލްތު އިންޝިއުރަންސް ސްކީމަށް މިއަހަރުގެ ފުރަތަމަ 3 މަސްތެރޭ 600 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ. 

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިއަހަރަށް އާސަންދަ ސްކީމަށް ކަނޑައަޅާފައިވާ އެއް ބިލިއަން ފިރޔާގެ ތެރެއިން 600 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. މިއީ އާސަންދަ ބަޖެޓުގެ 60 އިންސައްތަ އެވެ. 

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް ހޭދަވެފައިވަނީ 345 މިލިއަން ރުފިޔާއެވެ. އެހެންކަމުން، މިއަހަރުގެ މިހާތަނަށް އާސަންދައަށް ކުރި ޚަރަދު ވަނީ ދެ ގުނައަށް އިތުރުވެގެން ގޮސްފައެވެ. 

މިދިޔަ އަހަރު އާސަންދައަށް 730 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު އާސަންދައަށް ސަރުކާރުން ވަނީ 800 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފަ އެވެ. 

މިދިޔަ އަހަރު އާސަންދައަށް ބޮޑު ޚަރަދެއްކޮށްފައިވާނީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށެވެ. 

ރާއްޖޭގެ ރައްޔިތުންގެ އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ނިޒާމަކީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާ އިންވެސް ލިބެމުން އަންނަ ހިދުމަތެކެވެ.

މިއަހަރުގެ ފުރަތަމަ 3 މަހު އާސަންދަ ބަޖެޓުގެ 60 އިންސައްތަ ހޭދަކޮށްފައިވާއިރު، މިއަހަރުވެސް އާސަންދައަށް ބަޖެޓުން ބޭރުން ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހޭނެކަމަށް ބެލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.