މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު--
ހަބަރު
09 Apr 2023 | 12:18
ސަރުކާރުން ކައުންސިލްގެ އަޑު އެންމެ ފަހަރަކުނަމަވެސް އެހުމަށް ޑރ. މުއިއްޒު އެދިއްޖެ

ސިޓީ ކައުންސިލްގެ އަޑު އެންމެ ފަހަރަކުނަމަވެސް އެހުމަށް މާލެ ސިޓީ ކައުންސިލް މޭޔަރ މުހައްމަދު މުއިއްޒު އެދި ވަޑައިގެންފިއެވެ.

މުއިއްޒު މިހެން އެދިފައިވަނީ އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ދާގޮތާއިމެދު ހުރި ކަންބޮޑުވުން ފާޅުކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އަމީނީމަގުގެ މަސައްކަތް ކުރިއަށް ދާގޮތުގެ ސަބަބުން ރައްޔިތުން ދަނީ ވަރަށް ބޮޑެތި ތަކްލީފުތަކެއް އުފުލަމުން ކަމަށާއި ނަފްސާނީ އަދި އިޖްތިމާޢީ އެތައް ގެއްލުމެއްވެސް ރައްޔިތުންނަށް ވަމުުންދާ ކަމަށެވެ.

މިކަންކަން ރައްޔިތުން ދަނީ ކައުންސިލާއި ޙިއްސާ ކުރަމުން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން މޭޔަރ ވަނީ ސަރުކާރުން ސިޓީ ކައުންސިލްގެ އަޑު އެންމެ ފަހަރަކު ނަމަވެސް އެހުމަށް އެދިވަޑައިގެންފައެވެ.

އަމީނީ މަގުގެ ސެގްމެންޓް 5،6 އަދި 7 ގެ މަސައްކަތް ކުރުމަށްޓަކައި ގާކޮށި ފްލެޓްގެ ޕާކިން ޒޯނުން ފެށިގެން ރަށްދެބައި ހިނގުމާ ހަމައަށް ހޮނިހިރު ދުވަހުން ފެށިގެން ބަންދުކުރުމަށް ނިންމާފައިވާ ކަމަށް އާރްޑީސީއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ.

އަމީނީ މަގުގެ ތާރު އަޅާ ނިމިފައިވާ ސަރަހައްދު އާންމުންނަށް ހުޅުވާލެވިފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އެއީ އަމީނީމަގުގެ ސެގްމަންޓް 1،2،3 ގައި ތާރު އަޅާފައިވާ ސަރަހައްދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ