ރައްޔިތުން މަޖްލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
ހަބަރު
09 Apr 2023 | 15:11
ބައެއް ވަޒީރުން އިސްތިއުފާ ނުދޭނަމަ އިތުބާރުނެތްކަމުގެ ވޯޓް ނެގުން މުހިއްމު: ރާއީ

މިވަގުތު ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ ނޯ ކޮންފިޑެންސް ވޯޓް ނަގާނެ ކަމުގެ އިޝާރާތެއް ރައްޔިތުން މަޖްލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރައްވާފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީއިން ނިންމާ، އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ނިކުންނެވުމަށް ނިންމާފައެވެ. މިކަމާއި ގުޅިގެން އިންތިޚާބަށް ތައްޔާރު ވުމަށް ކެންޕެއިން ކުރުމުގެ ހަރަކާތްތަކުގައި ސަރުކާރުގައި ވަޒީރުގެ މަގާމް އަދާ ކުރައްވާ ޖޭޕީގެ މެމްބަރުންވެސް އަންނަނީ ބައިވެރި ވަމުންނެވެ. މިގޮތުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން އާއި ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ފާހަކޮށްލެވެއެވެ.

މިކަމާއި ގުޅިގެން މެމްބަރު ރާއީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތު ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ރީތި ގޮތުގައި އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ، މިވަގުތަށް މަޖްލިސްގެ މެޖޯރިޓީ އޮވެމެ، ނޯ ކޮންފިޑެންސް ވޯޓް ނެގުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށެވެ.

ރާއީ ވަނީ މީގެ ކުރިންވެސް މަޖްލީހުގެ ތަޅުމުގައި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީ މެމްބަރުން ޖެހޭނީ އިސްތިއުފާ ދޭންކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއީ ވިދާޅުވެފައިވަނީ މިއަދުން މިއަދަށް ޖޭޕީގެ ސްލޮޓްގައި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. އަދި އިސްތިއުފާ ނުދެއްވައިފިނަމަ ސަރުކާރުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް ރާއީ އިންޒާރު ދެއްވިއެވެ.

"މި ހުރިހާ ދުވަހު ސަރުކާރުން ބޮޑު ޕޯޝަނެއް ޖޭޕީއަށް ދީގެން މި ތިބެނީ މިތާ ތިބި މެމްބަރުން އެކަމާ ދެކޮޅަށް އެއްޗެކޭ ނުބުނެ. މިއަދު ރައީސް އަށް ދޯކާދީފައި އެގޮތަކަށް އެކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން އެކަން ކުރިއަކަށް ނުދޭނަން." ރާއީ ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.