އެޑިއުކޭޝަން މިނިސްޓަރު ޑރ ޢާއިޝަތު ޢަލީ --ފޮޓޯ/މަޖިލިސް
ހަބަރު
10 Apr 2023 | 11:15
ސުކޫލް ތަކަށް، ބަޖެޓް ކުރެވުނު 248 މަޝްރޫޢުގެ ތެރެއިން ނިންމުނީ 48 މަޝްރޫޢު

މިސަރުކާރުގެ ވެރިކަމަށް އައިސް މި ވީ ހަތަރު އަހަރު ތެރޭގައި ސުކޫލް ތަކުގެ ޢުމްރާނީ ތަރައްޤީގެ ޖުމުލަ 248 މަޝްރޫޢުއެއް ބަޖެޓް ކުރެވިފައިވާ ކަމަށާ އޭގެ ތެރެއިން ޖުމުލަ 48 މަޝްރޫޢުއެއް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. 

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް ވަނީ ސަރުކާރުން މިހާތަނަށް ނިންމާފައިވާ އަދި ކުރެވެމުންދާ ޕްރޮޖެކްޓް ތަކާއި ގުޅޭ ގޮތުން މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިިިސަރުކާރުން ވެރިކަމަށް އައުމަށްފަހު، ހިނގި ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ރާއްޖޭގެ ސުކޫލުތައް އެއްދަންފަޅިއަށް ނުވާއި ބޭނުންވާނެ ކަންކަން ދެނެގަނެވުނު ކަމަށެވެ. އަދި އެ ޕްލޭންއާއި އެއްގޮތަށް ސުކޫލު ތަކުގެ ކަންކަން ބަޖެޓް ކުރެވި، އެ މަސައްކަތްތައް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެގޮތުން މި ހަތަރު އަހަރު ތެރޭގައި ޖުމުލަ 248 ޕްރޮޖެކްޓެއް ބަޖެޓް ކުރެވިފައި ވާކަމަށާ އައި އޭގެ ތެރެއިން 48 ޕްރޮޖެކްޓެއްގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް ޑރ. ޢާއިޝަތު ޢަލީ ވިދާޅުވިއެވެ. 

"މުޅިއެކު 248 ޕްރޮޖެކްޓް ބަޖެޓް ކުރެވިފައި ވަނީ. އޭގެ ތެރޭގައި އެބަ ހިމެނޭ 1780 ކްލާސްރޫމާއި، 95 މަލްޓިޕާޕަސް ހޯލް، އަދި 590 އެހެން ޕްރޮޖެކްޓް ތައް. އޭގެ ތެރޭގައި ސްކޫލް ލެބް އާއި ފާޚާނާއާއި، ލެބޯޓްރީސް، ލައިބްރަރީ އާއި މިކަހަލަ ބައިވަރު އޮފީސް އިމާރާތާއި އިމާރާތްތައް ހިމެނިގެންދޭ. އޭގެ ތެރެއިން މިހާރު މުޅިއެކު ނިމި، 48 ޕްރޮޖެކްޓެއް، އެ އިމާރާތް ތަކުގެ ބޭނުންވެސް މިހާރު ކުރެވެމުންދަނީ. 114 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ދަނީ. ދެން ކުރިއަށް އޮތް އަހަރާއި އަންނަން އޮތް އަހަރުގެ ތެރޭގައި މި މަސައްކަތް ތައް ނިމިގެންދާނެ. ދެން ބާކީ ހުރި މަސައްކަތް ތައް ކޮންޓްރެކްޓް ކުރުމުގެ މަރުހަލާ ތެރޭގައި ކުރިއަށް ދަނީ." މިިސަރުކާރުން ސުކޫލް ތަކުގައި ކުރިއަށް ގެންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.