މެމްބަރު އިކްރާމު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
11 Apr 2023 | 13:06
މަސްތުވާތަކެއްޗާއި ދެކޮޅަށް އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތްތައް މި ސަރުކާރުން ކޮށްފި: އިކްރާމު

މަސްތުވާތަކެއްޗާއި ދެކޮޅަށް އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް މި ސަރުކާރުންކޮށްފައިވާކަމަށް ރައްޔިިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ. 

އިކުރާމު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އިކުރާމުގެ ވާހަކައިގައި ވަނީ މި ސަރުކާރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވިފައިވާ ބައެއް މަސައްކަތްތައް ތަފާސް ހިސާބުގެ އަލީގައި ވިދާޅުވެދެއްވާފަ އެވެ. 

އެގޮތުން އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ކުރިން ފާއިތުވި 10 އަހަރުގައިވެސް މަސްތުވާތަކެތީގެ ހާލަތު ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމަށް ދިރާސާއެއް ހަދާފައި ނުވާކަމަށެވެ. 

މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފަރުވާ ފޯރުކޮށްދިނުމުގައިވެސް ކުރީ ސަރުކާރުތަކުން ބޮޑެތި އިހުމާލުތަކެއް ވެފައިވަނިކޮށް، މި ސަރުކާރުން އައިސް އެ ފަރާތްތަކަށް ޖަލުތަކުގައިވެސް ފަރުވާ ފޯރުކޮށްދެމުންދާކަމަށް އިކުރާމު ވިދާޅުވި އެވެ. 

"300 އަށްވުރެ ގިނަ މީހުންނަށް އެކަށީގެންވާ ފަރުވާ ނުދީ ކުރީ ސަރުކާރުން ވަނީ ޖަލަށް ލާފައި. އެމީހުންނަށް ފަރުވާ މި ސަރުކާރުން ވަނީ ޖަލުގައި ހަމަޖައްސާދީފަ. 80 ޕަސެންޓު މީހުންނަކީ ރީހެބްނެތި ޖަލަށް ލާފައިވާ މީހުން، އެހެންކަމުން މި ސަރުކާރުން ވަނީ ޖަލުން އެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާދީފަ"

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން

އިކުރާމު ވިދާޅުވީ ފަރުވާ ޕްރޮގްރާމުގެ ތެރެއިން ބައެއް ޓްރީޓްމަންޓުތައް މި ސަރުކާރު އައިރު އޮތީ ހުއްޓިފައި ކަމަށެވެ. އެކަންކަން އަލުން ފަށައިގަނެ ދާއިރާއިން މީހުން ބިނާކުރުމަށްވެސް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަމަށް އިކުރާމުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ފަރުވާ ދޭން ފެށީވެސް މި ސަރުކާރުންކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަންކަން ފާހަގަކުރައްވާ އިކުރާމު ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް މި ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ބުނާ މެމްބަރުން ވާހަކަދައްކަވަމުން ދަނީ ހަގީގަތާއި ދެކޮޅަށް ކަމަށެވެ. އަދި އަމިއްލަފުޅަށް ދިރާސާތައް ހެއްދެވުމުން މި ސަރުކާރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ފެނިވަޑައިގަންނަވާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް