ރައީސް އަބްދުﷲ ޔާމިން ފޮޓޯ: އަވަސް
ހަބަރު
11 Apr 2023 | 13:51
ފުއްގިރި މައްސަލައިގެ އިސްތިއުނާފު: ދަށު ކޯޓުގެ ނިންމުން ހައިކޯޓުން ދަމަހައްޓައިފި

ރ. ފުއްގިރި މައްސަލައިގައި ދަޢުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ޝަރީއަތުގެ ކުރިން ހުށައަޅާފައިވާ ލިޔުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތްކަަށް ހައިކޯޓުން ކަނޑައަޅައިފި އެވެ. 

މި މައްސަލައިގެ ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.

މިއަދުގެ މަޖިލީހުގައި ހުކުމާއި ގުޅޭގޮތުން ކޮންމެ ފަނޑިޔާރަކުވެސް ވަނީ ވަކި ވަކިން ރައުޔު އިއްވާފަ އެވެ. 

ހައިކޯޓުން ކުރި ޙުކުމުގައި ފަނޑިޔާރު ޝަފީއު ވިދާޅުވީ، އިސްތިއުނާފީ މަރުޙަލާއަކީ އަލުން ބަލުން މައްސަލަ ބެލުމުގެ މަރުޙަލާއެއް ނޫން ކަމަށާއި، ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ އަސާސަށް ބަލާއިރު، މި ނުކުތާއަށް ގޮތެއް ކަނޑައަޅަން ޖެހޭ ތަނެއް އޮތްކަމަށް ދެކިނުލައްވާ ކަމަށެވެ.  

ހައިކޯޓުގެ ޙުކުމުގައި ފަނޑިޔާރު ޝަފީއު ވިދާޅުވީ، ދިފާއުން ހުށައެޅި ހުށައެޅުން ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމީ ރަޖުއީކޮށް ހެއްކާ ބެހޭ ޤާނޫނު ތަތުބީޤު ކޮށްގެން ކަމަށާއި، އެކަން ދައުލަތުން އިސްތިއުނާފު ނުކުރާ ކަމަށެވެ.

ނަމަވެސް ދިފާއުން އެ ނިންމުން އިސްތިއުނާފުކޮށް ހެއްކާބެހޭ ޤާނޫނުގެ މަންފާ އެ ފަރާތަށް ލިބިދޭން ޖެހޭނެ ކަމަށް ބުނުމުން އެކަމުގެ ރައްދުގައި ރަޖުއީކޮށް ޤާނޫނު ތަތުބީޤު ނުކުރެވޭނެކަމަށް ދައުލަތުން ބުނަމުންދާކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، ދައުލަތަށް ފަހިވާ ގޮތަށް ކަމެއް އޮތްނަމަ ދައުލަތުން ފަރުވާލެއް ނުބަހައްޓާ ކަމަށެވެ.

ހެއްކާ ބެހޭ ޤާނޫނުގެ ދަށުން އަލުން ހުށައެޅުންތައް ހުށައެޅުމަށް މިއަދުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ރައީސް ޔާމީނަށް ލިބިދޭން ޖެހޭކަމަށް ދެކިލައްވާ ކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.   

ހެކި ހާމަކުރުމާ ގުޅޭގޮތުން ދަށު ކޯޓުން ނިންމި ނިންމުމާއި ގުޅޭގޮތުން އިސްތިއުނާފު ކޮށްފައިވާ ނުކުތާގައި ފަނޑިޔާރު ޝަފީއު ވިދާޅުވީ، އެ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ކުރެވޭނެ ނުކުތާއެއް ނޫން ކަމަށެވެ.

ފަނޑިޔާރު ވަނީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް (އަދީބާއި ޒިޔަތުގެ ހެކި) ޝަރީއަތަށް ބަލައިނުގަތުމަށް ރައީސް ޔާމީނުގެ ފަރާތުން ހުށައެޅި ނުކުތާގައި އަލުން ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށް، އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅޭގޮތުން ހެއްކާ ބެހޭ ޤާނޫނުގެ ދަށުން އަލުން ހުށައެޅުންތައް ހުށައެޅުމަށް ރއީސް ޔާމީނަށް 7 ދުވަހުގެ ފުރުސަތެއް ދެއްވުމަށް ފެނިލައްވާކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް ފަނޑިޔާރު ދީބާނާޒް ފަހުމީއާއި، ފަނޑިޔާރު މުޙައްމަދު ފައިސަލްގެ ރައުޔު އެކަމުގައި ތަފާތެވެ.

އެގޮތުން އެބޭފުޅުން ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާމެދު ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުން ދަމަހައްޓާފައި ވަނީ ފަނޑިޔާރުންގެ އަޢުލަބިއްޔަތުންނެވެ. އެގޮތުން ބެންޗުގެ އަގުލަބިއްޔަތުން ނިންމާފައިވަނީ ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ދައުވާއާއި ގުޅުންހުރި އިތުބާރު ހިފޭ ހެއްކާއި، ދައުވާގެ މައުޟޫއާ ގުޅުން ނެތް އިތުބާރު ނުހިފޭ ހެކި ހުރިތޯ ނެއްތޯ ދަށު ކޯޓުން ބަލާފައިވާކަން ދަށު ކޯޓުގެ ނިންމުމުން އެނގެން ނެތްކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.

ދަށު ކޯޓުގެ ނިންމުމަށް ވާސިލުވި ހަމައެއް އަދި ހެކި ވަޒަން ކުރި ގޮތެއްވެސް އެނގެން ނެތްކަމަށް މައްސަލަ ބެއްލެވި އިސް ފަނޑިޔާރު ޝާފިއު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ