ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް -- ފޮޓޯ/ މަޖިލިސް
ހަބަރު
12 Apr 2023 | 11:46
މަޝްރޫއު ނުނިމޭތީ ސުވާލު ކުރެއްވުމުން މަހްލޫފް ވިދާޅުވީ އެއީ ސިޔާސީ ސުވާލެއް ކަަމަށް

ތ. ވޭމަންޑޫ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދާތީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒް ކުރެއްވި ސުވާލަކީ އިޚްލާޞްތެރި ސުވާލެއް ނޫން ކަމަށާ، އެހެނެއް ކަމަކު އެއީ ސިޔާސީ ސުވާލެއް ކަމަށް، ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒު ވަނީ ތ. ވޭމަންޑޫ ޒުވާނުންގެ މަރުކަޒު މަސައްކަތް ކުރިއަށް ނުދާތީ އެކަމާއި ގުޅިގެން މިނިސްޓަރު މަހުލޫފާއި ސުވާލު ކުރައްވާފައެވެ. 

އެ ސުވާލުގެ ޖަވާބުގައި މަހްލޫފް ވިދާޅުވީ، ޔޫތު މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށާ، މަސައްކަތްތައް ގިނަވެގެން ކޮންޓްރެކްޓަރުންނަށް ނުކަތާވަރުވެފައިވާ ކަމަށެވެ. އެގޮތުން ކޮންޓްރެކްޓަރުންނާއި ހަވާލު ކުރެވޭ މަސައްކަތްތައް ކުރިއަށް ނުދާތީ، އެކަން ކުރިއަށް ގެންދިޔުމަށް އެތަކެއް ފަހަރުމަތިން އަންގާ ކަމަށާ، ވޭމަންޑޫ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެފަދައިން އެތައް ފަހަރަކު އެންގުނު ކަމަށް މަހްލޫފް ވިދާޅުވި އެވެ. 

އެހެންނަމަވެސް، އެކަން ކުރިއަށް ނުދާތީ، ކޮންޓްރެކްޓް ބާތިލްކޮށް އެ މަސައްކަތް މިހާރު ކައުންސިލާއި ހަވާލު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރު އަބްދުالله ރިޔާޒް މަހުލޫފާއި ސުވާލު ކުރައްވަނީ-- ފޮޓޯ/ މަޖިލިސް 

މަހްލޫފް ގެ ޖަވާބާއި ގުޅިގެން ރިޔާޒް ވިދާޅުވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެއް ކަމަށެވެ. 

އެހެން މިދެންނެވީ، މި ޕްރޮޖެކްޓަކީ 2020 ވަނަ އަހަރުވެސް 2 މިލިއަން ރުފިޔާ ޖަހާފައި ޕީއެސްއައިޕީގައި ހިމެނި ޕްރޮޖެކްޓެއް. މިހާރު 2021 ނިމިއްޖެ، 2022 ނިމިގެން ދިޔައީ، މިހާރު މި ހިނގަނީ 2023. މިނިސްޓްރީ ގައި މިއޮތް ހުރިހާ ދުވަހު މިކަން ބާއްވަ ބާއްވާފައި ހަމަ އެއް ކަމެއްވެސް ކޮށް ނުދެއްވައި، ތ އަތޮޅުގެ އެންމެ ގިނަ ޒުވާނުން އުޅޭ ރަށަކީ ވޭމަންޑޫ. ވޭމަންޑޫ ޒުވާނުންނަށް މިކަން ކޮށްދޭނަމޭ ކިޔާފައި، އެންމެ ފަހުން ކައުންސިލްގެ ބޮލަށް ޖަހާފައި މިނިސްޓަރު ތި ސަލާމަތްވީ. ދައުރު ނިމުނު އިރުވެސް މިއީވެސް ހަމަ އަންނަނީ އަންނަނީ ޕްރޮޖެކްޓެއް ގޮތުގައި މި އޮތީ 

މެންބަރު އަބްދުالله ރިޔާޒް

ރިޔާޒްގެ ވާހަކަ އާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ މަހްލޫފް ވިދާޅުވީ އޭނާގެ އެ ވާހަކަ އަކީ ސިޔާސީ ވާހަކައެއް ކަމަށާ، އެ ސުވާލުގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތް ކަމަށެވެ. 

އަޅުގަނޑަށް އެނގޭ ތިއީ މަނިކުފާނުގެ އިޚްލާޞްތެރި ސުވާލެއް ނޫންކަން. ތިއީ، ސިޔާސީ (ސުވާލެއް). މިހާރު ރިޔާސީ އިންތިޚާބަށް ނުކުންނަވައިގެން އުޅުއްވާ ޕާޓީއެއްގެ އިއްޒަތްތެރި މެންބަރެއްގެ ވާހަކަ ހުންނަވާނެ ގޮތް ތިއީ. 

މިނިސްޓަރު އަހްމަދު މަހްލޫފް 

މަހްލޫފް ވިދާޅުވީ ޔޫތު މިނިސްޓްރީން މިވީ ހަތަރު އަހަރު ތެރޭގައި ކޮށްފައިވާ ކަންކަމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައިވާ ކަންކަމާއި ނުބައްދަލު މަސައްކަތް ތަކެއް ކަމަށާ، އެކަން މެންބަރު ރިޔާޒަށްވެސް އެނގިލައްވާނެ ކަމަށެވެ.

ނަމަވެސް އެކިއެކި ސަބަބުތަކާއި ހުރެ ބައެއް ކަންކަން ނުވެ ހުރި ކަން ފާހަގަކުރައްވައި މަހްލޫފް ވިދާޅުވީ ވޭމަންޑޫ ޒުވާނުންގެ މަރުކަޒުގެ މަސައްކަތަކީ އެކަހަލަ ކަމެއް ކަމަށާ، އެކަން މިހާރު ރައްޔިތުން ބޭނުން ގޮތަކަށް ކުރުމަށް ކައުންސިލާއި ހަވާލު ކުރެވިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.