ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އާއި ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ
ހަބަރު
12 Apr 2023 | 13:03
އިންފަންޓީނޯއާ ދިމާވެގެން، ފުޓްބޯޅަދަނޑު އަޅާ ވާހަކަ ބުނީމާ ހުރީ ކޮސްވެފައި: މަހްލޫފް

އަދުގެ ސަރުކާރުން ފުޓުބޯޅަ ދަނޑުތައް އަޅާ މިންވަރު ގިނަ ކަން ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯއަށް އެނގިލެއްވުމުން އޭނާ ހުންނެވީ ކޮސްވެފައި ކަމަށާ، އެހާވެސް ގިނަ ދަނޑުތައް މި ސަރުކާރުން އަޅަމުން ގެންދާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވަނީ އަދުގެ ސަރުކާރުން ފުޓުބޯޅަ ކުރިއަރުވައި ދިރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަހްލޫފް އާއި ސުވާލު ކުރައްވާފައެވެ. 

ސެމްބެ ގެ އެ ސުވާލަށް ޖަވާބު ދެއްވަމުން ރާއްޖޭގައި ދިރުވައި ކުރިއަރުވަން ސަރުކާރުން ވަރަށް ބޮޑެތި މައްސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި އޭގެ މިސާލެއްގެ ގޮތުން މަހްލޫފް ވަނީ ސަރުކާރުން އަޅަމުންދާ ފުޓްބޯޅަ ދަނޑުތައް ނަންގަވާފައެވެ.

"މިއަހަރު ތެރޭ އިރާދަކުރެއްވިއްޔާ 50 ވަނަ ދަނޑު އަޅުގަނޑުމެން ހުޅުވައިދޭނަން. ހިމަންދޫ މިއަދު އެ ހަވާލުކުރީ ނިންމާފައި. މީގެ ކުރިން، ސަރުކާރަކުން އަޅާލަދިން އެންމެ ފުޓްބޯޅަދަނޑެއް ވެސް ނެތް. އިންފަންޓީނޯއާ ދިމާވެގެން، ފުޓްބޯޅަދަނޑު އަޅާ ވާހަމަ  ބުނީމާ ހުރީ ކޮސްވެފައި. އެހެންނު ވާނީ ކުޑަކުޑަ ގައުމެއްގައި އަޅުގަނޑުމެން ގޮސް 300 މީހުންނަށް ވެސް އެބަ އަޅާލަދެން ދަނޑު،" މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން ސަރުކާރުން ވަރަށް ބޮޑު އެއްބާރުލުމަކާއި ސަމާލު ކަމެއް ދެއްވާކަމަށެވެ. އެހެންނަމަވެސް މައްސަލަ އޮތީ ރާއްޖޭގެ ޓޮޕް ލީގުގެ ތެރޭގައި ކަމަށާ، އެކަން ހައްލުކުރަން ވެސް މިނިސްޓްރީން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް އެފްއޭމަށް ދެމުން އަންނަ ކަމަށެވެ. 

ކޮމެންޓް
މައިނާ
ނ. މަނަދޫ ގައި އަޅާ ދަނޑުވެސް މިހާރު ނިމިފަތާ އެއޮތީ. ހަޔާތުގެ ކަންފުޅެއްވެސް ނެތުނީމަ ވާނެ ހަތަތެއެތި ވެފަތިޔަތިބީ. ކިހާދުވަހެއް މިހާރު ވެއްޖެތޯ ހަމަލޫފު ކައިރި އަހާލަބަލަ.
12 Apr 2023
އިންފަންޓީނޯ
އިންފަންޓީނޯއަކީ ކަލޭކަހަލަ ކޮހެއް. އެހެންވީމަ ކޮސްވާނެތާ!
12 Apr 2023
ެއޭނަ
ކޮސްވާނެ އިންފަންޓީނޯ ނޫން މީހުން ވެސް. ދަނޑުތައް އެޅުނީމަ ހުރިހާ ކަމެއް ނިމުނީ ހެން ހީވަނީ، އެ ތަން ބެލެހެއްޓުމާ، ސަސްޓެއިނަބަލް ޕްލޭން އެއްގެ ދަށުން އެތަން ގިނަ ދުވަހު ބޭނުން ކުރެވޭނެ ޕްލޭނެއް ނޯވޭ!
12 Apr 2023
އޭނަ
އަނެއްކާވެސް އެއް އަހަރު ތެރޭ އެ ތަން ވީރާނާ ވީމަ އައެއްކާ އާ ދަނޑެއް ހަދަންވީ ބޮޑު ހަރަދު ކޮއްފަ!!
12 Apr 2023
ޓޮއްޓެއް
މިހަރަ ކަނޑު ކޮއްހާ ސިޔާސީ ބޭނުމަށް ތިކުރާ ކަން ކުރުން ހުއޓާލާ ޕުލާސޓިކު ބޭނުނ ނުވާނެ. ކަލޭ ބައި ލިބޭތީ ކުރާ ކަމެއް
13 Apr 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.