މެމްބަރު އަލީ ރިޒާ މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
12 Apr 2023 | 15:33
ސަރުކާރުން އޮފްޝޯ ޕްލެޓްފޯމު އަޅާ ވާހަކައެއް މެނިފެސްޓޯގައި ނޯންނާނެ: ރިޒާ

ސަރުކާރުން އޮފްޝޯ ޕްލެޓްފޯމު އަޅާ ވާހަކައެއް މެނިފެސްޓޯގައި ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެ އެވެ. 

ރިޒާ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީ ވެރިކަމެއް އޮވެމެ، އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތުފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމްޑީޕީގެ މެނިފެސްޓޯގައިވާގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލައި އޭނާ ހުށަހެޅުއްވި ގަރާރަށް ވާހަކަދައްކަވަމުން ނެވެ. 

ރިޒާ ވިދާޅުވީ މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ކޮށްދިން އެންމެ މުހިންމު އެއް މަސައްކަތަކީ މަސްވެރިކަމުގެ ޤާނޫނު ވުޖޫދުކުރުން ކަމަށެވެ. 

އެ ޤާނޫނުގައި އޮފްޝޯ ޕްލެޓްފޯމުގެ ވާހަކަ ބަޔާންކޮށްފައި އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ޤާނޫނުގައި އެކަން ބަޔާންކުރުމަކީ އަދި އެކަން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެ ޕްލެޓްފޯމުތައް އެޅޭނީ އިންވެސްޓަރުން އިންވެސްކޮށްގެން އެކަން ކުރުމުންކަމަށް ރިޒާ ވިދާޅުވިއެވެ. 

ފަހަރެއްގައި އޮފްޝޯ ޕްލެޓްފޯމުތަކަކީ ސަރުކާރުން އަޅަން ޖެހޭ ތަންތަނުގެ ގޮތުގައި ބަޔާންކޮށްފައި ނުވާނެ ކަމަށާއި، އަދި އެކަން ކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ވެސް ނޯންނާނެކަމަށް ރިޒާ ވިދާޅުވި އެވެ. 

"ޤާނޫނުގައި ލިޔުމަކުން އޮފްޝޯ ޕްލެޓްފޯމެއް ނޭޅޭ. އޮފްޝޯ ޕްލެޓްފޯމެއް އަޅަން އިއުލާނުކުރީމަ އެކަމަށް އިންޓްރެސްޓު ހުރި ބަޔަކު ނޫނީ އިންވެސްޓުކުރާނެ ބަޔަކު ޤައުމަށް އައިސް އެ އޮފްޝޯ ޕްލެޓްފޯމު އެޅީމަ އެކަން ކުރެވެނީ. ސަރުކާރުން އެކަން ކުރާ ވާހަކައެއް ފަހަރެއްގައިވެސް މެނިފެސްޓޯގައި ނޯންނާނެ، އަދި އޮތް ކަމަކަށް ލަފާ ކުރެވޭކަށްވެސް ނެތް"

މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ

ރިޒާ މިފަދައިން ވިދާޅުވެފައި ވީ ނަމަވެސް 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް އެމްޑީޕީން އެކުލަވާލާފައިވާ މެނިފެސްޓޯގައި މަސްވެރިންނަށް ޚާއްސަ އޮފްޝޯ ޕްލެޓްފޯމުތަކެއް އަޅާނެކަމަށް ވަނީ ލިޔެފައެވެ. އެ ވައުދު ފުއްދުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް މީގެ ކުރިން ބުނެފައިވެއެވެ. 

އެހެން ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީތެރޭގައި އެމްޑީޕީ ޖަގަހައިގައި ބޭއްވި ޖައްލސާއެއްގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ މެނިފެސްޓޯގައި ލިޔެފައި އޮތް ނަމަވެސް އެފަދައިން ޕްލެޓްފޯމުތަކެއް ނޭޅޭނެކަމަށް ވިދާޅުވެފައެވެ. އަދި އެއީ "ރިއަލިސްޓިކް" ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ