އަނދުން ހުސެއިން މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
13 Apr 2023 | 12:02
ކޯވިޑުތެރޭ ޤާސިމުގެ މުވައްޒަފުންނާ ވިޔަފާރިތަކަށް ފައިސާ ދިނީ މި ސަރުކާރުން: ހުސެއިން ޝަމީމު

ކޯވިޑް-19 ގެ ޙާލަތުގައި އާންމުންގެ ފުދުންތެރިކަން އެންމެ ދަށަށް ދިޔަ ވަގުތު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ މަސައްކަތްތެރިންނަށް މުސާރަ ނުދީ ހިފެހެއްޓުމާއި ގުޅިގެން އެ ފަރާތްތަކަށް އިންކަމް ސަޕޯޓު ދީ، ނުވިތާކަށް ޤާސިމުގެ ވިޔަފާރިތަކަށް ވެސް ފައިސާ ދިނީ މި ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ. 

ޝަމީމު މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އޭނާއަށް ތާއީދުކުރާ އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ގޮތްޕަށް ނިސްބަތްވާ ފަރާތްތަކުން ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުކުރާކަމަށް ބުނެ އެ ޕާޓީގެ ސިޔާސަތުތަކާއި ދެކޮޅު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމާފައިވާކަން ފާހަގަކުރައްވާ އިއްޔެ ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޝަމީމު ވިދާޅުވީ ޤާސިމަކީ ކޯވިޑާއި ގުޅިގެން ރައްޔިތުންނަށް ދިމާވި އެންމެ ބޮޑު އިޤްތިޞާދީ ކާރިސާގައި އަމިއްލަ މުވައްޒަފުންނަށްވެސް މުސާރަ ނުދެވުނު ބޭފުޅެއްކަމަށެވެ.

އެގޮތުން ޤާސިމުގެ ވިޔަފާރުތައް ކުރިއެރުވުމަށް މަސައްކަތްކުރި އޭނާގެ މުވައްޒަފުންނަށް ވެސް ކޯވިޑުގައި ދިނީ އެންމެ އެއް ހާސް ރުފިޔާ ކަމަށާއި، އެ މުވައްޒަފުންނަށް ބޭނުން ޖެހުނު ދުވަހު އިންކަމް ސަޕޯޓު ފޯރުކޮށްދިނީ މި ސަރުކާރުން ކަމަށް ޝަމީމު ވިދާޅުވި އެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ ޤާސިމުގެ ވިޔަފާރިތަކަށް ވެސް މި ސަރުކާރުން ފައިސާ ދީފައިވާ ކަމަށެވެ. ޤާސިމު ބަނގުރޫޓުނުވެ ސަލާމަތްވީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެންކަން ޝަމީމު ފާހަގަކުރެއްވި އެވެ. 

"ރައްޔިތަކާއި ރައްޔިތެއް، އެ ހިސާބަށް ވިޔަފާރި ގެނެސްދިން އެތައް ސަތޭކަ މުވައްޒަފުންނަށް ފްލައިޓުގެ އިންޖިނިއަރުންތަކަށް ދާންދެން 1000 ރުފިޔާ މުސާރަ ދިނީ، އަންއެމްޕްލޮއިމަންޓު ބެނެފިޓް ދެނީ މި ސަރުކާރުން. އެބޭފުޅާގެ ވިޔަފާރިތައް ސަލާމަތްކުރަން ވެސް ފައިސާ ދިނީ މި ސަރުކާރުން" 

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން)

އެއާއި ގުޅުވާ ޝަމީމު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ބަދަލުގައި ފިކުރެއްގެ ދިރުމުގެ މަދު ބަޔަކަށް ކަމުދިޔައީ ރައްޔިތުންނަަށް ބޭނުން ޖެހުނު ދުވަހު އެމީހުންނަށް އެހީތެރިކަން ފޯރުކޮށްނުދެވުނު، އަދި އެހީވާން ޖެހޭކަމަށް ޤަބޫލު ނުކުރާ ފިކުރެއްގެ ބޭފުޅެއް ކަމަށެވެ. 

އަދި ޤާސިމަށް ވެރިކަން ހޯދުމަށް އެމްޑީޕީ ބައިބައިކޮށް، އެމްޑީޕީ އިދަޖައްސާލަން މަސައްކަތް ކުރުމަކީ ހުތުރުކަމެއްކަމަށް ޝަމީމު ވަނީ ސިފަކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.