ޢުމްރާއަށް ގޮސް އުޅުނިކޮށް ގެއްލިގެން ހޯދަމުންދާ ހއ. ހޯރަފުށީ، ނޫވިލާގެ، ފާޠިމަތު ވަޙީދާ--
ހަބަރު
14 Apr 2023 | 11:29
ޢުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ހޯދަނީ

"ޘާބިތު ޙައްޖު އެންޑް ޢުމްރާ" ގުރޫޕާއި އެކު ޢުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. 

"ޘާބިތު ޙައްޖު އެންޑް ޢުމްރާ" ޖަމާޢަތުން ބުނީ، ގެއްލިގެން ހޯދަމުންދަނީ އެ ޖަމިއްޔާގެ ހަވާލުގައި ޢުމްރާއަށް ގޮސް އުޅުނު، ހއ. ހޯރަފުށީ، ނޫވިލާގެ، ފާޠިމަތު ވަޙީދާ ކަމަށެވެ. 

ފާތިމަތު ވަހީދާގެ އައިލާ އާއި ހަވާލާދީ "ޘާބިތު ޙައްޖު އެންޑް ޢުމްރާ" ގުރޫޕުން ބުނީ، އޭނާ ޢާއިލާގެ އެހެން ބޭފުޅުންނާއެކު ދަމުނަމާދަށް ދިއުމަށްފަހު، މޯބައިލް، ކާރޑު އަދި ދަބަސް ބޭއްވުމަށްފަހު ޢާއިލާގެ މެންބަރުންނާއި ދުރަށް ގޮސްފައިވަނީ ރޭ ގާތްގަނޑަކަށް 00:15 ގައި ކަމަށެވެ. އަދި އެ ދިޔަ ގޮތަށް އެނބު ހޮޓަލަށް އައިސްފައި ނުވާ ކަމަށާ، އެކަން އެ ގުރޫޕަށް ޢާއިލާގެ ފަރާތުން އެންގީ ރޭ ދަންވަރު 02:40 ގައި ކަމަށެވެ. 

އެ އެންގި ވަގުތުން ފެށިގެން އެ ގުރޫޕުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އަދިވެސް އޭނާ ނުފެންނަ ކަމަށް އެ ގުރޫޕުން ބުނެއެވެ. 

އެހެންކަމުން މައްކާގައި މިހާރު އުޅޭ އެއްވެސް މީހަކަށް އޭނާ ފެނިއްޖެ ނަމަ، އެ ގުރޫޕުގެ ހޮޓްލައިން، 0567066482 | 0540785217 | 0560878064 އަށް ގުޅައިގެން އެކަން އަންގައި ދިނުމަށްވެސް އެ ގުރޫޕުން ވަނީ އެދިފައެވެ.

ނަމާދަށް ދިޔައިރު ފާތިމަތު ވަހީދާ ލައިގެން ހުރީ ފިޔާތޮށިކުލައިގެ މާޖެހި ދަނބުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ބުރުގާއެއް ކަމަށް ޘާބިތު ޙައްޖު އެންޑް ޢުމްރާ ގުރޫޕުން މަޢުލޫމާތު ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.