ވީޑިއޯގެ ބައެއް
ހަބަރު
15 Apr 2023 | 05:37
ޤާސިމް ދަރިންނާއި އެކު ނަގާފައިވާ ވީޑިއޯ އަކަށް ގިނަ ބައެއްގެ ލޯބި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ދަރިންނާއި އެކު ފެނިގެންދާ ވީޑިއޯ އަކަށް ގިނަ ބައެއްގެ ތައުރީފު އޮހެން ފަށައިފި އެވެ. 

ގާސިމް އިއްޔެ ފޭސްބުކް ގައި ހިއްސާކުރައްވާފައިވާ މި ވީޑިއޯ އިން ފެންނަނީ އޭނާގެ ހަތަރު ދަރިން އޭނާ ފެނުމުން އުފަލުން ދުވެފައި އައިސް ބައްދާލާ މަންޒަރެވެ. ކުދިންނަށް އެ ކުދިންގެ ބައްޕަ ފެނުމުން އުފާވެފައިވާ މިންވަރާއި، އެކުދިން ބައްޕަ ދެކެ ލޯބިވާ މިންވަރު ވީޑިއޯ ބަލާލި ކޮންމެ މީހަކަށްވެސް ހާމަވެގެންދާއިރު, އެ ލޯބި ވީޑިއޯ ކޮޅުގައި ޖަހާފައި މަދަހައިން ވީޑިއޯ އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.

އެގޮތުން، އަހުމަދު ރިފާއު ލިޔެފައިވާ ޅެމަކަށް ޢަލީ ރަމީޒު ކިޔާފައިވާ "ކުޑަ ކުޑަ ދަރިފުޅު ރޯލުމުން" މަދަހައިން ކިޔަމުންދާ ފަދައިން ގާސިމްގެ ދަރިން އޭނާ ގައިގައި ލޯބިން ބައްދާލާ މަންޒަރު ފެންނަ އިރު، އެއީ ވަރަށް ވެސް ލޯބި އަދި ހިތަށް ފިނިކަން ގެނުވާ މަންޒަރެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. 

ގާސިމް އަކީ އޭނާގެ ދަރިންނާއި އަނބިންދެކެ ނުހަނު ލޯބިވާ މީހެއް ކަމަށާ، އެއީ އޭނާ އަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް ކަމަށް ދާދިފަހުން ބޭއްވުނު ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ގައިވެސްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން، ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އެއީ ކަމަށާ، އޭނާގެ ހުރިހާ ދަރިންނަކީވޭސް އަޚްލާޤް ރަނގަޅު ދަރިން ކަން ފާހަގަކޮށް އޭނާ ވަނީ އެކަމަށްޓަކައި الله އަށް ފަށްފަށުން ޝުކުރު ކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދައިން ދަރިން ތަރުބިއްޔަތު ކުރާ ކަމަށްޓަކައި އޭނާގެ އަނބިންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.