ޢިއްޒުއްދީން ސްކޫލުގައި ޤާއިމްކޮށްފައިވާ ވޯޓުލާ މަރުކަޒު
ހަބަރު
15 Apr 2023 | 11:01
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓްލުން ކުރިއަށް ދަނީ

ރައްޔިތުން މަޖްލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ވޯޓުލުން ފަށައިފި އެވެ.

އެގޮތުން ވޯޓްލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އަންގާފައެވެ.

މިދާއިރާގެ ބައި-އިލެކްޝަންގައި 3 ސިޔާސީ ޕާޓީގެ ކެނޑިޑޭޓުން ވާދަ ކުރެއެވެ. އެއީ ޕީޕީއެމްގެ ފަރާތުން ހުސައިން ރިޒާ، އެމްޑީޕީގެ ފަރާތުން އިބްރާހިމް ޝާޒް އަދި އެމްއެންޕީގެ ފަރާތުން އަލީ އާރިފްއެވެ.

މި ދާއިރާގެ ރަށްތައް ކަމަށްވާ ގުރައިދޫއާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގައި ވޯޓް ފޮށި ބަހައްޓާފައި ވެއެވެ. އެގޮތުން މާފުށީގައި 3 ވޯޓް ފޮށި ބެހެއްޓިފައިވާއިރު ގުރައިދޫގައި 2 ވޯޓް ފޮށި އަދި މާލެއާއި ގުޅީގައި 1 ވޯޓް ފޮށި ބެހެއްޓިފައިވެއެވެ.

ކ. ގުޅި އަދި މާފުށީގައި ވޯޓްފޮށި ބެހައްޓާފއިވަނީ އެ ރަށު ސްކޫލްގައެވެ. ކ. ގުރައިދޫގައި އެރަށު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އެއް ވޯޓްފޮށި ބެހެއްޓިފައިވާއިރު އަނެއް ވޯޓްފޮށި ބަހައްޓާފައިވަނީ އެ ރަށު ޔޫތް ސެންޓަރުގައެވެ. މާލޭގައި ވޯޓް ފޮށީ ބަހައްޓާފައިވަނީ ޢިއްޒުއްދީން ސްކޫލްގައެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 3423 މީހުންނަށެވެ.

މި ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެ މަގާމު ފުރުއްވަމުންދިޔަ ޕީޕީއެމްގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރާވުމާއި ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.