ޝަރީފު މަޖިލީހުގެ ކޮމެޓީއެއްގައި/ ފޮޓޯ: މަޖިލިސް
ހަބަރު
16 Apr 2023 | 08:00
އެމްޑީޕީ ސަލާމަތް ކުރުމަށް ފުރަތަމަ ކަމަކަށް މަޖިލީހުގެ ރިޔާސަތު ބަދަލުކުރަން ޖެހޭ: ޝަރީފު

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ޖެއްސުން ކުރައްވަމުން ގެންދަވާ ކަމަށާއި، އެމްޑީޕީ އިސްލާހު ކުރުމަށް އަޅާ އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މަޖިލީހުގެ ރިޔާސަތު ބަދަލުކުރަން ޖެހޭކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ޢިސްމާއީލް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ފިކުރެއްގެ ދިރުން ފެކްޝަނުގެ މެންބަރުންނަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

އެ ޓްވީޓުގައި ޝަރީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މިހާރު ހިނގަމުންދަނީ އެއްވެސް ހަމައެއް ލަމައެއް ނެތި ކަމަށެވެ. މިހާރު މަޖިލީހުގައި ކުރާހާވެސް ކަމަކީ އެކު ނަންނަމުގައި ޤަރާރުތައް ހުށައަޅުއްވައިގެން މަޖިލީހުގެ ވަގުތުތައް ބޭކާރުކުރުންކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންނާއި ގުޅުން އޮތް ކަންކަމުގެ ބަހުސް އޮންނަނީ ފަސް ކޮށްފައި ކަމަށެވެ. 

ޝަރީފު އިތުރަށް ވިދާޅުވީ ރިޔާސަތުގައި އިންނަވާ ނަޝީދު ސަރުކާރަށް ޖެއްސުން ކުރައްވަމުން ގެންދަވާއިރުވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މަޑުން ތިއްބަވަނީ ކެތްތެރިކަން އިސްކުރުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އިރުޝާދުދެއްވަމުން ގެންދަވާތީ ކަމަށެވެ. 

އެހެން ނަމަވެސް އިޚްތިރާމުކޮށްގެން ތިބެވޭނީ ވަކި ވަރަކަށް ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވުމުން، އެ ވިދާޅުވުމުގެ މާނައާއި ދޭތެރޭގައި ވިސްނަން ޖެހޭކަމަށް ޝަރީފު ވިދާޅުވި އެވެ. 

އެމް.ޑީ.ޕީ ފުނޑުފުނޑު ކޮށްލުމަށް ފުރުސަތު ނުދެއްވާނެކަމަށް ފައްޔާޒު ވިދާޅުވާނަމަ އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަދަލުކުރުންކަމަށް އޭނާ ވިދާޅުވި އެވެ. 

"ފައްޔާޒު ވިދާޅުވަނީ އެމްޑީޕީ ފުނޑުފުނޑުކޮށްލަން ދޫކޮށްނުލެވޭނެކަމަށް. ފުރަތަަމަ ފިޔަވަޅަކަށް އަޅުއްވަން ޖެހޭ އަދި އަޅުއްވާނެ ފިޔަވަޅެއްކަމަށް މަޖިލީހުގެ ރިޔާސަތު ބަދަލުކުރުން"

މަރަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝަރީފު 

ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު، މަޖިލީހުގައި ތިއްބަވާ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ދެ ފަހަރެއްގެ މަތިން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަސައްކަތް ކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.