ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ މަޖިލިސް
17 Apr 2023 | 12:22
މަސައްކަތްތައް ލަސްވަނީ ގާނޫނާއި ގަވާއިދު ތަކާއި ހުރެ: އަސްލަމް

މަސައްކަތްތައް ލަސްވާ ވަރަށް ގިނަ ސަބަބުތައް ހިމެނޭ ކަމަށާ، އޭގެ ތެރޭގައި، މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަދާފައިވާ ގާނޫނު ތަކާއި ގަވާއިދުތައް ހިމެނޭ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް އާއި ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރު ކޮށްފައިވާއިރު، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުالله ޝަފީގު ވަނީ ރަށް ރަށުގެ ތަރައްޤީއަށް ބަޖެޓް ކުރެވިފައިވާ މަޝްރޫޢުތައް ލަސްވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. 

ޝަފީގުގެ ސުވާލަށް ޖަވާބު ދެއްވަމުން، އަސްލަމް ވިދާޅުވީ މަސައްކަތްތައް ލަސްވާ ވަރަށް ގިނަ ސަބަބުތައް ހުންނަ ކަމަށެވެ. 

މަސައްކަތް ލަސްވަން ދިމާވާ ބައިވަރު ސަބަބުތައް އެބަހުރި. އެއް ކަމަކީ އަޅުގަނޑުމެން މަސައްކަތް ކުރުމުގައި، މި ދިވެހިރާއްޖޭގައި ހެދިފައި ހުރޭ، ކަންކަން ކުރުމުގައި ޓްރާސްޕޭރެންސީ ގެންގުޅެ އަދި ކަންކަން ކުރުމުގައި، މީހުން ކުރާ ގޮތަށް ކުރުމަށްޓަކައި ހެދިފައި ހުރޭ ގާނޫނުތަކާއި ގަވާއިދުތަކެއް. އޭގެ ތެރޭގައި ޓެންޑަރ ޕްރޮސެސް ވެސް އިނދޭ. އޭގެ ތެރެއިން އީއައިއޭވެސް ހަދަން ޖެހޭ. އޭގެ ތެރޭގައި ހުރޭ އަދި، ޓެންޑަރ ޕްރޮސެސް ތެރޭގައި ސްޓޭންޓް ސްޓިލް ކިޔާ ޕްރޮސެސް އެއްވެސް އެބަ އިނދޭ. ބަޔަކު މައްސަލަ ޖައްސައިފިއްޔާ މަސައްކަތަށް ހުއްޓުމެއްވެސް އެބައާދޭ. އަދި ހަމަ އޭގެ ތެރޭގައި އާދޭ ކޮންސަލްޓޭޓިވް ޕްރޮސެސް ވެސް. 

މިނިސްޓަރު މުހައްމަދު އަސްލަމް 

އަސްލަމް ވިދާޅުވީ، މަސައްކަތް ކުރުމަށްޓަކައި ރަށަކަށް އަރައި އެތަނުގައި "ހަދަން ބޭނުން އެއްޗެއް ހެދުމަށްފަހު އަންނަނީ" ނޫން ކަމަށެވެ. 

އަދި މަސައްކަތް ކުރަން ހުންނަ ތަރުތީބާއި އެއްގޮތަށް މަސައްކަތް ކުރުމުން، އޭގެ ތެރެއިން ލަސްވާ ލަސްވުންތައް އަންނަކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. 

މިއާއެކު އަސްލަމް ވިދާޅުވީ، މަސައްކަތް ލަސްވާ އަނެއް ސަބަބަކީ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ގާބިލްކަން ނުވަތަ ކެޕޭސިޓީ ނެތުން ކަމަށެވެ. އެހެންކަމުން، ކޮންމެ ކުންފުންޏަކުން މަސައްކަތް ކުރި ނަމަވެސް، މިހާރު ރާއްޖޭގައި މަސައްކަތްތައް ކުރަމުންދާ މިންވަރަށް ބަލާއިރު، ކުންފުނިތަކަށް ވަނީ އޯވާލޯޑް ވެފައި ކަމަށް އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންޓްރެކްޓަރުންގެ މާލީ ހާލަތުގެ ސަބަބުން ވެސް ލަސްތައް އަންނައިރު، ކޮވިޑާއި ގުޅިގެންވެސް ލަސްތަކެއް އަންނަ ކަމަށް އަސްލަމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.