ކަމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު/ ފޮޓޯ: މޯލްޑިވްސް ޕޮލިސް
ހަބަރު
17 Apr 2023 | 12:47
ނައީމާގެ މަރުގެ ތަހުޤީގާއި މެދު ޔަގީންކަން އެބައޮތް، ޤާތިލުން ހޯދާނަން: ސީޕީ

ނަޢީމާ މޫސާގެ މަރުގެ މައްސަލަ ތަހުޤީގުކުރާ ފުލުހުންގެ ޓީމުގެ މަސައްކަތާއިމެދު ފުރިހަމަ ޔަގީންކަން އޮތް ކަމަށާއި، ނައީމާގެ ޤާތިލުން ހޯދާނެކަމަށް ކަމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. 

މިމަހުގެ 7 ވަނަ ދުވަހު މަނަދޫގައި މަރުވެފައި އޮތްވާ ފެނުނު ނ.މަނަދޫ އަންނާރުމާގެ ނަޢީމާ މޫސާގެ މަރުގެ މައްސަލާގައި ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް ދަނީ މަނަދޫގައި މިހާރުވެސް ހަރަކާތްތެރިވަމުންނެވެ.

ނައީމާގެ މަރުގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން މިހާތަނަށް މާބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަނަދޫ ހަރަކާތްތެރިވާ ފުލުހުންގެ ތަހުޤީޤު ޓީމުން ދަނީ ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން ކަމަށެވެ.

ނައީމާގެ މަރުގެ ފަހަތުގައިވާ މީހަކު ނުވަތަ މީހުން ހޯދުމަށް ހަރަކާތްތެރިވާ އިންވެސްޓިގޭޓަރުން، ފްރޮންސިކް އަދި މަނަދޫ ޕޮލިސްގެ ފުލުހުންގެ މަސައްކަތާއިމެދު ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ހަމީދު ވިދާޅުވިއެވެ.

ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ނައީމާގެ މަރުގެ ތަހުގީޤު ފުލުހުން ކުރިއަށް ގެންދަނީ ބަޔަކު ނުވަތަ މީހަކު އެނާ މަރާލާފައިވާކަމަށް ބަލައިގެންނެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ނަމަވެސް މައްސަލާއިގެ ތަޙްޤީޤަށް އެރަށު ބައެއް މީހުންގެ ސާމްޕަލް ފުލުހުން ވަނީ ނަގާފައެވެ.

މަނަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނީ، ނަޢީމާގެ ގެއަށް ޢާންމުކޮށް ވަދެ އުޅޭ މީހުންނާއި، އެނޫންވެސް ބައެއް މީހުންގެ އިނގިލީގެ ނިޝާން ފުލުހުން ނަގާފައިވާ ކަމަށެވެ.

އޭގެ އިތުރުން ރަށުގެ އެކި ސަރަޙައްދުތަކަށް ފުލުހުން ގޮސް ބައެއް މީހުންނާއި ސުވާލުކުރަމުން އަންނަކަމަށްވެސް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.ނަޢީމާގެ މަރާ ގުޅިގެން، ފުލުހުންގެ ހުއްދަ ނެތި ރަށަށް މީހުން އަރައި ފޭބުމާއި، އުޅަނދުފަހަރު އެ ރަށަށް ދަތުރުނުކުރުމަަށްވެސް ވަނީ އަންގާފައެވެ.  

ކޮމެންޓް
އެލެކްސް
ކަމިޝަނަރަށްވެސް ޔަގީންވީތޯ ދިފާއަށް މައްސަލައެއްގެ ޅަފަތުގައި ބަސްބުނަންޖެހުނީ
17 Apr 2023
ގުޅޭ ލިޔުންތައް
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.