އިދިކޮޅުން ޕީޖީ އާއި ބައްދަލުކުރެއްވުން/ ފޮޓޯ: ޕީޕީއެމް
ހަބަރު
18 Apr 2023 | 06:07
ރައީސް ޔާމިނުގެ މައްސަލަ އަނބުރާ ގެންދިއުމަށް އިދިކޮޅުން ޕީޖީ އަރިހު އެދިއްޖެ

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އަނބުރާ ގެންދިޔަ ގޮތަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވެސް އަނބުރާ ގެންދިއުމަށް އިދިކޮޅު ކޯލިޝަން ޕްރޮސެކިއުޓާ ޖެނެރަލް ހުޝެއިން ޝަމީމަށް ދަންނަވައިފި އެވެ. 

އެމްއެމްޕީއާރުސީގެ މައްސަލަތަކުގެ ދައުވާ އުފުލުމުގައި ޕީޖީން ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަކޮށް އިދިކޮޅުގެ ހުރި ކަންބޮޑުވުންތަކާއެކު، އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕުން ވަނީ ޕީޖީ އާއި ބައްދަލުކުރައްވާފަ އެވެ. 

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއު ގުޅުންހުރި މައްސަލަތަކުގައި ދައުވާ އުފުލާއިރު ޕީޖީން ތަފާތު ކުރުން ގެންގުޅޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވާނެ ކަމަށެވެ. 

އެގޮތުން މަހުލޫފުގެ މައްސަލަ އަނބުރާ ގެންދިއުމުން ޕީޖީގެ ޕްރޮސެކިއުޓަރުންގެ ޓީމުވެސް ކަންބޮޑުވުން ފާޅުކޮށް ހުރިހާ މައްސަލަތަކެއް އެ އުސޫލުގެ ދަށުން ގެންދިއުމަށް އެދިވަޑައިގެންފައިވާކަން ޕީޖީގެ ސަމާލުކަމަށް ގެނެސް، ރައީސް ޔާމިނުގެ މައްސަލަ ގެންދިއުމަށް އިދިކޮޅުން ހުށައަޅާފައިވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"އެއްކަމަކީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ ބައެއް ބޭފުޅުންގެ ދައުވާ އަނބުރާ ގެންނެވިގޮތަށް ރައީސް ޔާމިނުގެ މައްސަލަ އަނބުރާ ގެނެސް ދޭށޭ. އެއީ އެއްބާވަތެއްގެ މައްސަލައެކޭ މީ. އެހެންވީމަ ވަކި ބޭފުޅަކަށް އަނިޔާދީފަ އަނެއްބައި ބޭފުޅުން އޭގެން ސަލާމަތް ކުރުމުގެ ވިސްނުން ޕީޖީ ގެންގުޅުއްވައިގެން ނުވަނެއޭ. ޝަމީމު ވިދާޅުވި މައްސަލަ އަނބުރާ ގެންދަނީ ހެކި ވަޒަންކުރުމަށް ފަހުގައޭ. ދެން އެއާ ގުޅިގެން އަޅުގަނޑުމެން ދެންނެވިން އެހިންވީމަ ފުއްގިރި މައްސަލަ އަނބުރަން ގެންނަން ވީ ނޫން ތޯ އޭ" 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް 

އަބްދުއްރަހީމް ވިދާޅުވީ މަޤާމުގެ ގޮތުން ވިދާޅު ނުވި ނަމަވެސް ރައީސް ޔާމިނުގެ މައްސަލަތަކުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ޕީޖީ ޝަމީމު ޤަބޫލުފުޅު ކުރައްވާކަން ޕީޖީގެ ވާހަކަތަކުން އެނގިގެންދާ ކަމަށެވެ. 

އެގޮތުން އާރަށު މައްސަލައިގެ ހުކުމް ކުރިތާ 62 ދުވަސް ފަހުން އެ މައްސަލައާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް 53 މިލިއަން ރުފިޔާ 6 މަސް ދުވަސްތެރޭ ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކުރުމާއި ގުޅިގެން އެ މައްސަލަ ސުޕްރިމް ކޯޓުގައި އިސްތިއުނާފު ނުކުރުމަށް ޕީޖީން ނިންމީވެސް ހައިކޯޓުގެ ނިންމުން ރަނގަޅުކަމަށް ޤަބޫލުފުޅު ކުރައްވާތީކަމަށް ޕީޖީ ވިދާޅުވެފައިވާކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. 

އަދި ރައީސް ޔާމިނުގެ މައްޗަށް ނުހައްގުން އަނިޔާތަކެއް ދެވިފައިވާކަން ޕީޖީ ޤަބޫލުފުޅުކުރައްވާކަން ވެސް ވާހަކަތަކުން އެނގުނުކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.