ޣަފޫރު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
18 Apr 2023 | 06:14
ރައްޔިތަކަށް ލުއި ފަސޭހަވާނެ ހުރިހާކަމެއް މި ސަރުކާރުން ދަނީ ކުރަމުން: ޣަފޫރު

ރައްޔިތަކަށް ލުއި ފަސޭހަވާނެ ހުރިހާ ކަމެއް މި ސަރުކާރުން ދަނީ ކުރަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ޣަފޫރު މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފު ހުށައަޅުއްވާފައިވާ ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލު ކުރުމަށް ސަރުކާރަށް ގޮވާލާ ހުށައެޅި ޤަރާރަށް ބަހުސް ކުރައްވަމުން ނެވެ. 

ޣަފޫރު ވިދާޅުވީ ތަކެތީގެ އަގު ބޮޑުވީ ޖީއެސްޓީ 2 ޕަސެންޓު ބޮޑުކޮށްގެން ނޫން ކަމަށެވެ. ޖީއެސްޓީ ބޮޑުކޮށްގެން މުދަލުން އަގުބޮޑުވާނީ އެންމެ ދެ ރުފިޔާ ކަމަށާއި، ތަކެތީގެ އަގު ބޮޑުވެގެން އުޅެނީ ދުނިޔޭގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ކަމަށެވެ. 

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވަމުންދާއިރު، އޭގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް ނުބުނެވޭނެކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަން ފާހަގަކޮށް ޣަފޫރު ވިދާޅުވީ އިންފްލޭޝަން 5 ޕަސެންޓުގައި ވެސް ހިފެހެއްޓިފައިވަނީ މި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށެވެ. 

މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިޔައިރު ސަރުކާރުން ކަރަންޓު އަގު ބޮޑުކޮށްފައި ނުވާ ކަމަށެވެ. އަދި ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. 

"ރާއްޖޭގައި އެކަންޏެއް ނޫން މުޅި ދުނިޔޭގައި ވެސް ވޮޑުވަމުން އެބަދޭ. އެހެން ނަމަވެސް ދުނިޔޭގެ މިނަގަނޑުން ރާއްޖޭގައި ބޮޑުވާ މިންވަރު ވަރަށް ބޮޑަށް ދަށުގައި ހުރީ. އެހެން އެކަން އެ ވަނީ މިކަމުގެ ސަބަބުން ދިމާވާ މައްސަލަ ޙައްލު ކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ ސަބަބުން"

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރު އިތުރަށް ވިދާޅުވީ ރައްޔިތަކަށް ލުއި ފަސޭހަވާނެ ހުރިހާ ކަމެއް މި ސަރުކާރުން ކުރަމުންދާ ކަމަށެވެ. 

ރައްޔިތުންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުންދާ ކަމަށާއި، އެ ފިޔަވަޅުތަކުގެ ހެޔޮ އަސަރު ރާއްޖޭގެ އިގްތިޞާދުން ފެންނަމުންދާކަމަށް ޣަފޫރު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.