އަރަބިއްޔާ ދަރިވަރުންތަކެއް-- ފޮޓޯ/ ވަގުތު
ހަބަރު
18 Apr 2023 | 23:26
މޫނުބުރުގާގެ މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލްކޯޓުން ބުނެފި

އަރަބިއްޔާ ސުކޫލުގެ ދަރިވަރުންގެ މޫނުބުރުގާގެ މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

މި މައްސަލަ އަރަބިއްޔާ ބެލެނިވެރިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ ރެހެންދި ޗެމްބާސް ލޯފާމުންނެވެ. 

މި މައްސަލައިގައި ވަނީ، އަރަބިއްޔާ ސްކޫލުގެ އަންހެން ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވަނިކޮށް އެ ކުދިންނަށް އެގޮތަށް ސްކޫލަށް ހާޒިރު ނުވެވޭނެކަމަށް އަންގާފައިވާކަމަށެވެ. އަދި އެއީ ސްކޫލުގެ ޔުނިފޯމް ކޯޑާއި ހިލާފުކަމެއްކަމުގައި ބަޔާންކޮށް ލިއުމުން ވެސް އިންޒާރު ދީ ސްކޫލަށް ހާޒިރުވެ ތައުލީމު ފުރިހަމަ ކުރުމަށް ހުރަސްތަކާއި ކުރިމަތިކުރުވަމުންދާކަމަށެވެ.

އަދި މީގެ އިތުރުން ނިޤާބް އެޅުމަކީ ނުވަތަ މޫނު ނިވައިކޮށްގެންނޫން ގޮތަކަށް މުޖްތަމަޢަށް ނުކުތުމަކީ މިހާރު ދިވެހިރާއްޖޭގައި މުޖްތަމަޢުން ޤަބޫލުކޮށްފައިވާ އަދި ޤާނޫނީގޮތުން ހުއްދަ ހެދުން އެޅުމުގެ އާދައަކަށްވާއިރު، އެހެން ކުދިންނެކޭ އެއްގޮތަކަށް ސްކޫލަށް ޙާޟިރުވެ ތަޢުލީމްގެ ފުރުޞަތުތައް ލިބިގަތުމުގެ ޙައްޤު އެކުދިންނަށްވެސް ލިބިގެންވާކަން ފާހަގަކޮށް، މިމައްސަލައިގައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރެވެންދެން، ނިޤާބު އަޅައިގެން ދާ ކުދިންނަށް ސްކޫލަށް ޙާޟިރުނުވެވޭނޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ދައުލަތަށާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި އަދި އަރަބިއްޔާސްކޫލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވަނީ އެދިފައެވެ. 

މައްސަލައިގައި ކޯޓުން ނިންމި ނިންމުމުގައި ވަނީ އަރަބިއްޔާ ސްކޫލުގެ ޔުނިފޯމް ކޯޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ. އަދި އެތަނުގައި ދަރިވަރުން މޫނު ބުރުގާ އެޅި ނަމަވެސް ތައުލީމު ފުރިހަމަ ކުރުމުގައި އެއްވެސް ދަތިތަކާއި ކުރިމަތިލާން ނުޖެހޭނެކަމާއި އެއްވެސް ހައްގަކުން މަހުރޫމްކޮށްފައި ނުވާކަން ހާމަވާކަމަށެވެ. އެހެންވެ، އެކަމަށް ރިއާޔަތް ކުރުމަށް ފަހު ބެލެނިވެރިން ހުށަހެޅި ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.

އަދި މީގެ އިތުރުން ޖުޑިޝަލް ރިވިއުގެ ދައުވާއެއް ކޯޓަށް ހުށަހެޅޭނީ ދައުލަތުގެ އިދާރާއަކުން އަޅާފައިވާ ފިޔަވަޅެއްގެ ސަބަބުން ނުވަތަ ނިންމާފައިވާ ނިންމުމެއްގެ ސަބަބުން ސިދާ ގޮތެއްގައި އަސަރުކޮށްފައިވާ މީހަކަށް ކަމަށާ، އަދި ކޯޓަށް މައްސަލަ ހުށަހަޅާއިރު ހައިސިއްޔަތު ވެސް ސާފުވާން ޖެހޭކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.  

މައްސަލަ ހުށަހަޅާފައިވާއިރު، އެއީ މޫނު ބުރުގާ އެޅި ކުދިންގެ ފަރާތުންކަމަށް ބުނި ނަމަވެސް އެ ކުދިންނަކީ ކޮބައިކަމާއި އެ ކުދިން ތައުލީމު ހާސިލު ކުރަނީ ކޮން ގެރޭޑެއްގައިކަމަށް އެނގޭނެ އެއްވެސް މައުލޫމާތެއް ނެތްކަން ފާހަގަކޮށް ކޯޓުގެ ނިންމުމުގައި ބުނީ، އެ ސަބަބުތަކަށް ބަލާއިރު މިހާރު މި މަރުހަލާގައި ވަގުތީ އަމުރަށް އެދޭ ފަރާތަކަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްތު އޮތްކަން ބެލެވެން ނެތްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ