ސްޕްރީމް ކޯޓު
ހަބަރު
19 Apr 2023 | 12:34
ކޯޓުގައި ހެކި ބަސް ދޭން ދެކޮޅު ހަދައިފި ނަމަ ތިން މަސް ދުވަހަށް ޖަލަށް!

ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭން ދެކޮޅު ހަދާ މީހުން ގިނަވެގެން ތިން މަހަށް ޖަލަށްލުން ނުވަތަ ގޭ ބަންދުކުރަން ވަގުތުން ހުކުމް ކުރެވޭ ގޮތަށް ގަވާއިދު އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.

މިއީ ހެކި ބަސް ދިނުމަށް ދެކޮޅު ހަދާ މީހަކަށް މިފަދަ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަކަށް ލިބިދޭގޮތަށް ގަވައިދެއް އެކުލަވައިލި ފުރަތަމަ ފަހަރެވެ.

މި ގަވާއިދަށް ސުޕްރީމް ކޯޓުން އިއްޔެ އަމަލުކުރަން ފަށާފައިވާއިރު އޭގައި ވާގޮތުން، ހެކިބަސް ދިނުމަށް މީހަކު ކޯޓަށް ހާޒިރުވާން ދެކޮޅު ހަދާނަމަ، އެފަރާތެއް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރެވޭނެ އެވެ.

އަދި ކޯޓަށް ހާޒިރުވެ ހެކި ބަސް ދޭ މީހާ، ނުވަތަ ބަންދުގައި ހުރެ ހެކި ބަސް ދޭން ކޯޓަށް ހާޒިރު ކުރާ މީހާ ދާއިރާގެ ތެރެއިން ކުރާ ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދައި އިންކާރު ކުރާނަމަ، ނުވަތަ އެއްވެސް ޖަވާބެއް ނުދީފި ނަމަ ސުވާލަށް ޖަވާބުދޭން އެންގުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

“މި މާއްދާގެ (ވ) ގައި ވާގޮތުގެ މަތިން ކޯޓުން އަންގާ އެންގުމަށް ހެކި ބަސް ދޭ މީހާ އަމަލުނުކޮށްފި ނަމަ އެ މީހަކު ޝަރީއަތުގެ ނިޒާމާއި ހިލާފުވާފަދަ އަމަލެއް ކުރީކަމަށް ބަލައި ވަގުތުން އަދަބު ކަނޑައެޅުމުގެ އިހުތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެ އެވެ” ގަވާއިދުގައި ވެއެވެ. 

އެގޮތުން ޖިނާއި މައްސަލައެއްގައި ހެކިބަސް ދޭން ދެކޮޅު ހަދައިފިނަމަ، ގާނޫނުގެ ދަށުން ތިން މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ ގިނަވެގެން 10،000ރ. އިން ޖޫރިމަނާ ކުރަން ވަގުތުން ހުކުމް ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ގަވާއިދުގައި ވާގޮތުން އާއިލީ ގުޅުމެއް އޮތުމުގެ ސަބަބުން ހެއްކާބެހޭ ގާނޫނުގެ ދަށުން ހެކިބަސް ދޭން ދެކޮޅު ހެދުމުގެ ބާރު އޮންނަ މީހުންނާއި އެ ގާނޫނުގެ ދަށުން ހެކިބަސް ދޭން ލާޒިމް ނުކުރެވޭނެ މީހުން ފިޔަވައި ދެން ތިބި އެންމެންނަށް އެ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅިދާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.