އަލިފުށީ ޓިވެޓް ސެންޓަރ -- ފޮޓޯ/ މިނިސްޓްރީ
ހަބަރު
20 Apr 2023 | 06:03
އަލިފުށީ ޓިވެޓް ސެންޓަރު އިމާރާތް ކުރުމުގެ ބޮޑުބައި މަސައްކަތް ނިމިއްޖެ

ރ.އަލިފުށީގައި ޒަމާނީ ޓިވެޓް ސެންޓަރެއް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޕްރޮޖެކްޓްގެ މިހާހިސާބަށް އައިއިރު އެތަނުގައި ތަރައްޤީކުރާ 3 ބްލޮކްގެވެސް ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިންމާ، ރޭނުމުގެ މަސައްކަތްތައް ފަށައިގެން ހަލުވި ކަމާއެކު ކުރިއަށް ދާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި، މި ސެންޓަރު ހިންގަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، ކިޔަވައިދޭ ޕްރޮގްރާމްތަކުގެ ޓެކްނިކަލް މަސައްކަތްތަކާއި، ކިޔަވައިދޭނެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް ކުރިއަށް ދާކަމަށާއި، މީގެ އިތުރުން ވޯލްޑް ބޭންކްގެ އެހީގައި ސްޓޭޓް އޮފް ދި އާރޓް އައިސީޓީ ލެބޯޓަރީއާއި ވޯކްޝޮޕަށް ބޭނުންވާ އިކުއިޕްމެންޓްތައް ހޯދުމުގެ މަސައްކަތްތައް ކުރެވެމުން ދާކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ، އަލިފުށީ ޓިވެޓް ސެންޓަރުގައި ބޯޓް ބިލްޑިންގ ދާއިރާއިން ޚާއްސަ ކޯސްތަކާއި އެހެނިހެން ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގުމަށް މަގުފަހިވާނެ ކަމަށެވެ. އަދި އަލިފުށީގައި ތަރައްޤީ މިކުރެވޭ ޓިވެޓް ސެންޓަރު ބޯޓް ބިލްޑިންގ އަށް ޚާއްސަ މިކުރެވުނީ އަލިފުއްޓަކީ ބޯޓް ބަނުމުގެ މުއްސަނދި ސަޤާފަތަކާއި ތާރީޚެއް އޮތް ތަނަކަށްވާތީކަމަށް މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

"މި ޓިވެޓް ސެންޓަރު ދަނާލަކާއެކު ތަރައްޤީ ކުރުމުގެ ސަބަބުން، މަސައްކަތުގެ ތަޢުލީމާއި ހުނަރު އަލިފުށިން ލިބިގަންނަން ބޭނުންވާ ޒުވާނުންނަށް އަލިފުށީގައި ތިބެގެން ރައްކާތެރި މާޙައުލެއްގައި އެ ހުނަރު ދަސްކޮށް ތަޢުލީމު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ. މީގެ އިތުރުންވެސް ރަށުގައި ތިބޭ ޒުވާނުންނަށް މަސައްކަތުގެ ތަޢުލީމާއި ހުނަރު ދަސްކުރުމުގެ ފުރުޞަތު ވަރަށް ގާތުން، އެހާމެ ފަސޭހަކަމާއެކު އަތްފޯރާފަށުން ލިބިގެންދާނެ" މިނިސްޓްރީން ބުންޏެވެ.

މި އިންސްޓިޓިއުޓުގައި ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަނާ ގުޅޭ ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ވޯކްޝޮޕްތަކުގެ އިތުރުން މަލްޓިޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީއެއް ހުންނާނެއެވެ.

އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ.

މީގެ އިތުރުން ވެސް، މި ތަނުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްހިމެނޭހެން ރެކްރިއޭޝަން ބޮލޮކެއްވެސް ހުންނާނެއެވެ.

މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ.

އަތޮޅު ތެރޭގައި މަތީތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށާއި މަސައްކަތުގެ ތަޢުލީމާއި ތަމްރީން މިހާރަށްވުރެބޮޑަށް ފުޅާކުރުމަށް ތަފާތު އެތަށް ޕްރޮޖެކްޓެއް ޕްލޭން ކުރެވިފައި ވާއިރު، މީގެ ތެރެއިން 4 ޕްރޮޖެކްޓެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިގެން މިހާރުއެބަ ކުރިއަށްދެއެވެ.

އަލިފުށީގައި މި އެޅޭ ޓިވެޓް ސެންޓަރަކީ އަތޮޅުތެރެއަށް މަސައްކަތުގެ ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް މިސަރުކާރުން އަހަންމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ މުޙިއްމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.