17 Jul 2024
އަލިފާނުގެ ހާދިސާތަކާގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ރ. އަލިފުށީގައި ބާއްވައިފި
ފުލުހުން އިސްނަގައިގެން ރ. އަލިފުށީގައި އަލިފާނުގެ ހާދިސާތަކާގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. ރ. އަލިފުށި ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން، ކުރިއަށް ގެންދިޔަ މި ސެޝަނަކީ އަލިފުށީގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ސެޝަނެކެވެ. މި ސެޝަން ބޭއްވީ މި ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.