ރައީސް ޑރ.މުއިއްޒު އަލިފުށީ ރައްޔިތުންނާއި ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Mar 2024 | 16:28
އެއަރޕޯޓް މަޝްރޫއާއި އެކީ އަލިފުށީގެ ބިން ހިއްކާ،ސިނާއީ ސަރަހައްދެއް ގާއިމުކޮށްދޭނަން: ރައީސް ޑރ.މުއިއްޒު

ރ.އަލިފުށި އެއަރޕޯޓް މަޝްރޫއާއި އެކީގައި ބިން ހިއްކާ، އެ ރަށުގައި ސިނާއީ ސަރަހައްދެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ އަތޮޅު ތެރެއަށް މިހާރު އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރ.އަލިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ.މުއިއްޒު ވަނީ އަލިފުށީގެ ތަރައްގީން މިހާތަނަށް ދޫވެފައިހުރި ހުރިހާ މަސައްކަތްތައް މިސަރުކާރުގައި ހަގީގަތަކަށް ހަދައިދޭނެ ކަމަށް ވިދާޅުވެ، އަލިފުއްޓަށް ސަރުކާރުން ވީ ކޮންމެ ވަޢުދެއް، އަވަސްމިނުގައި ހާސިލްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

މިގޮތުން އެރަށުގެ އެއާޕޯޓު މަޝްރޫއަށް އިޝާރާތްކުރައްވާ ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެއާޕޯޓް ގެ މަސައްކަތް އަވަސްކޮށް، ރައްޔިތުން އެދޭ ބާރު ސްޕީޑްގައި މި މަސައްކަތް ކުރިއަށްގެންގޮސް، ރައްޔިތުންގެ އުއްމީދުތައް ހާސިލްވާ މަޝްރޫއު އަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި އެއާޕޯޓް މަޝްރޫއުގެ އިތުރުންވެސް އަލިފުށީގެ ބިން އިތުރަށް ހިއްކާ، ރަށުގައި ސިނާއީ މަސައްކަތްތައް އިތުކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

"އެއަރޕޯޓާއެކު ރަށުގައި ސިނާޢީ މަސައްކަތްތައް އިތުރުވާންޖެހޭ. އެއީ ވަޢުދެއް. އެއަރޕޯޓް މަޝްރޫޢާ އެކުއެކީގައި އިތުރަށް ބިން ހިއްކާ ރަށުގައި ސިނާޢީ ސަރަޙައްދެއް ޤާއިމުކޮށްދޭނަން." 

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ އަލިފުށީގައި ތަރައްގީ ކުރެވިގެންދާ ސިނާއީ ސަރަހައްދުގެ ސަބަބުން ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށެވެ.

އަލިފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުއިއްޒު ވަނީ އެރަށުގެ ބިން އިތުރު ކުރުމުގެ މަޝްރޫއާއި, ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކޮށްދީ ރަނގަޅު ފެންވަރުގެ ހިދުމަތް ލިބޭ ތަނަކަށް ހަދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.