ރައީސް ޑރ.މުހައްމަދު މުއިއްޒު އަލިފުށި ރައްޔިތުންނާއި ބައްދަލުކުރެއްވުން-- ފޮޓޯ: ވޮއިސް
ހަބަރު
02 Mar 2024 | 15:59
ހުރަސްތައް ކުރިމަތި ކުރުވަންޏާ ކޮންމެ ގޮތެއް ވިޔަސް ދަތި ވާނެ, މަސައްކަތްތައް ލަސްވާނެ: ރައީސް ޑރ.މުއިއްޒު

ސަރުކާރުން ކުރިއަށްގެންދާ ކަންކަމަށް ހުރަސްތައް ކުރިމަތި ކުރުވާނަމަ ދަތިވެ، މަސައްކަތްތައް ލަސްވާނެ ކަމަށް ރައީސުލްޖުްމޙޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ އަތޮޅާއި ރ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރ.އަލިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ނަތީޖާ ނެރެދެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިިގެން ކަމަށާއި، އެއާއި ޚިލާފަށް ކަންކަމުގައި ހުރަސް އަޅައި, އެއްބާރުލުން ނުދޭނަމަ މަސައްކަތްތައް ލަސްވާނެ ކަމަށެވެ.

"ރެއާ ދުވާލު އަޅުގަނޑުމެންނާ ދެކޮޅު ހަދާ, ކަންކަމުގައި ހުރަސް އަޅާ, ގާނޫނުތަކާއި އެހެނިހެން ގޮތްގޮތުން ހުރަސްއަޅާ, އެކި ކަހަލަ ހުރަސްތައް ކުރިމަތި ކުރުވަންޏާ ކޮންމެ ގޮތެއް ވިޔަސް ދަތި ވާނެ, މަސައްކަތްތައް ލަސްވާނެ"

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މަޖިލީހުގައި ތިއްބެވި އިދިކޮޅު ބައެއް މެމްބަރުން ބަޖެޓް ފާސްކޮށް ދީފައިވާ ކަމަށާއި މަޝްރޫއުތައް މިހާރު ކުރިއަށް ދާން ޖެހޭނެ ކަމަށް ވިދާޅުވި ނަމަވެސް ހުރިހާ ވައުދުތައް ފުއްދުމަށް 10 ދުވަސް ތެރޭގައި ބަޖެޓްގައި ހިމަނާފައި އެމަނިކުފާނު ފޮނުވި ނަމަވެސް ފާސްކުރީ އެބޭފުޅުން އުނިކުރަން ބޭނުންވާ އެއްޗެހި އުނިކުރުމަށްފަހުގައި ކަމަށެވެ. އެހެން ކަމުން ޚަރަދު މަދުކޮށް، އާމްދަނީ އިތުރުކޮށްގެން ކުރަން ޖެހޭ މުހިންމު ކަންކަމަށް އިސްކަންދީގެން ހުރިހާ މަޝްރޫއުއެއްވެސް ކުރިއަށްގެންދާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައިވީ ވައުދުތައް ހަނދާން އެބަހުރި ކަމަށް ވިދާޅުވެ ރައީސް ޑރ.މުއިއްޒު ވަނީ ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރި ޒިންމާ ފުރިހަމައަށް އަދާކުރަން ބޭނުންފުޅުވާކަމަށް ވެސް ވިދާޅުވެފައެވެ.

އަލިފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުއިއްޒު ވަނީ އެރަށުގެ ބިން އިތުރު ކުރުމުގެ މަޝްރޫއާއި, ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކޮށްދީ ރަނގަޅު ފެންވަރުގެ ހިދުމަތް ލިބޭ ތަނަކަށް ހަދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.