ޕްލާސްޓިކް ކޮތަޅު---ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހަބަރު
20 Apr 2023 | 06:14
ކޮތަޅު ބޮނޑީގެ އަގު މަތިވީ ބިލް ފާސް ވެގެން އައިއިރު މާއްދާއެއް އުނިވުމުން: މިނިސްޓްރީ

ޕްލާސްޓިކް ކޮތަޅުން ނަގަންފަށާފައިވާ 2 ރުފިޔާގެ ފީގެ ސަބަބުން ކޮތަޅު ބޮނޑީގެ އަގު މަތިވެފައިވަނީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ބިލު ފާސް ވެގެން އައިއިރު މާއްދާއެއް އުނި ވުމުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެފިއެވެ.

ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން 2 ރުފިޔާގެ ފީއެއް ނަގަން ފެށުމާއި ގުޅިގެން ކޮތަޅު ބޮނޑީގެ އަގު ކުރިއަށްވުރެ ވަރަށް ބޮޑުތަން އުފުލިފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީއިން ވަނީ މިއަދު ނޫސް ބަޔާނެއް ނެރެފައެވެ.

މި ބަޔާނުގައި ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކަށް އެހާ ބޮޑުތަނުން އަގު ބޮޑުވާން ދިމާވި ސަބަބަކީ، ކުނި މެނޭޖުކުރުމުގެ ޤާނޫނުގައި މިހާރު ބުނެފައިވާ ގޮތުން، ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ ފީ އެއް ދައްކަން ޖެހުން ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

އަދި އާންމު ގޮތެއްގައި ބޮނޑި ޕެކްކޮށްފައި ހުންނަނީ 100 ކޮތަޅުން ކަމަށްވެފައި ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ ރޭޓުން ޖުމްލަ 200 ރުފިޔާ، ފީ ގެ ގޮތުގައި ދައްކަން ޖެހުން ކަމަށް ވެސް މިނިސްޓްރީއިން ބުނެފައިވެއެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50 (ފަންސާސް) ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމަނާފައި ވާނެ ކަމަށް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް، ކުނި މެނޭޖުކުރުމުގެ ބިލް މަޖިލީހުން ފާސްވެގެން އައިއިރު މި މައްދާ ވަނީ އުނިކުރެވިފައި ކަމަށް މިނިސްޓްރީއިން ބުނެފައިވެެއެވެ.

މި މައްދާ އުނިކުރެވިފައި ވިޔަސް، އެ ބިލަކީ ކުނީގެ އަސާސީ ޚިދުމަތް ދިނުމަށް މުހިއްމު ބިލަކަށްވާތީވެ، ސަރުކާރުން ނިންމީ ތަޞްދީޤުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ހުށަހަޅަންޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށް ކަމަށް ބަޔާނުގައިވެއެވެ.

އެގޮތުން، މި މައްސަލަ ވެސް ހައްލުކުރެވޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ސަރުކާރުން ފާއިތުވީ މާރިޗް މަހު އިސްލާހް ހުށަހަޅާފައިވާނެ ކަމަށާއި އިސްލާހް މަޖިލީހުން ފާސްވުމުން މިހާރު ދިމާވެފައިވާ މައްސަލައަށް ޙައްލު ލިބިގެންދާނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

މީގެ އިތުރުން މިނިސްޓްރީއިން ބުނެފައިވަނީ ޕްލާސްޓިކް ކޮތަޅުން ފީ އެއް ނަގަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ޤައުމުތަކުގައި އެންމެ ކާމިޔާބުކަމާއެކީ ޢަމަލުކުރާ އެއް ސިޔާސަތު ކަމަށްވެފައި، އެ ސިޔާސަތު ތަންފީޒުކޮށްފިނަމަ ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކް ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެތީ ކަމަށެވެ. އަދި ރާއްޖެއަކީ ނާޒުކު ތިމާވެށްޓެއް ލިބިފައިވާ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް މުޅި އިޤްތިޞާދު ބިނާވެފައިވާ ޤައުމަކަށްވެފައި ޕްލާސްޓިކުން ވެށި ހިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ޤައުމީ މަސައްކަތަކަށް ވާތީ ކަމަށެވެ.

އެހެންކަމުން މިނިސްޓްރީން އެދިފައިވަނީ، ފްލާސްޓިކް މަދުކުރުމުގައި ހިންގޭ މިފަދަ ޤައުމީ ހަރަކާތްތަކުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި ބައިވެރިވުން ދިނުމަށާއި އާންމު ދިރިއުޅުމުގައި، ވީވަރަކުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް މަދުކޮށް، މީގެ ބަދަލުގައި ގިނަ ފަހަރު ބޭނުންކުރެވޭ ތިމާވެށްޓާއި ރައްޓެހި ކޮތަޅު ބޭނުންކުރުމަށެވެ.

މިއާއިއެކު ވިޔަފާރި ކުރާއިރު ވެސް ގެއިން މިފަދަ ކޮތަޅެއް ހިފައިގެން ދިޔުމަށާއި މިގޮތަށް އުޅުމަށް އެކަކު އަނެކަކަށް ހިއްވަރުދީ ބާރު އެޅުމަށްވެސް މިނިސްޓްރީއިން ވަނީ އެދިފައެވެ.

ސިންގަލް ޔޫސް ޕްލާސިޓަކާ ނުލާ ދިރިއުޅޭ ޤައުމަކަށް މި ޤައުމު ހެދޭނީ ހުރިހާ އެންމެން ގުޅިގެން ކުރެވޭ މިފަދަ މަސައްކަތުން ކަމަށް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.