ހިނިތުންވުމާ އެކު ދެރަ ގަބޫލް ކުރަށްވާ : ރައީސް މައުމޫން ކޮށްކޯފުޅަށް

02 Oct 2018 | 16:19

ޖަލުން ދޫ ކޮށްލުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާ އާއި ވާހަކަ ދައަކަމުން ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމިން ރައްޔިތުންގެ ނިންމުން ގަބޫލްކުރައްވައި އެ ނިންމުމަށް އިހްތިރާމް ކުރުމަށް ގޮވާލާފައެވެ.

މިއަދު ހެދުނު ރައީސް މައުމޫންގެ ފައުންޑޭޓަން އޮފީހުގައި ރިޔާސީ އިންތިހާބް ކާމިޔާބު ކުރެއްވި އިބްރާހިމް މުހަންމަދު ސޯލިހް އާއި ބައްދަލު ކުރެއްްވުމަށްފަހު ވާހަކަ ފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ވަރަށް ސާފު ކަމަށެވެ. އަދި ސުވާލު އުފައްދާނެ ޖާގަ ނެތްކަމަށެވެ.

ރާއިސް މައުމޫން އިތުރަށް ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި އެމަނިކުފާނު ބަލިވީ ވަރަށް ކުޑަ ތާފާތަކުން ކަމަށެވެ. އަދި އަރިސް ބޭފުޅުން ނަތީޖާ ގަބޫލް ނުކުރެއްވުމަށް ދެއްނެވިކަމަށެވެ. ނަމަވެސް ރައީސް ނަސީދަށް ގުޅުއްވައި ބަލި ގަބޫލްކޮށް ތަހުނިޔާ ދެންނެވި ކަމަށެވެ.

ރައީސް މައުމޫން އަކީ ރައީސް ޔާމިން ވެރިކަމަށް ގެންނުވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ފަރާތްކަން ފާހަގަކޮށްލަންޖެހެއެވެ.

Advertisement

ކޮމެންޓް