މެމްބަރު ނަޝީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
22 Apr 2023 | 16:02
ކޮތަޅު ބޮނޑި އަގުބޮޑު ކުރި މައްސަލަ މަޖިލީސް ބޮލަށް ޖަހަން ނޫޅޭ: މޮސްޓާ

ބާޒާރު ކޮތަޅު ބޮނޑީގެ އަގު ބޮޑުވީ ރައްޔިތުންގެ މަޖިލީހުގެ ސަބަބުންކަމަށް ސަރުކާރުން ބުނަމުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމްފަހު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ނުރުހުން ފާޅުކުރައްވައިފި އެވެ. 

ޕްލާސްޓިކް ކޮތަޅުން ނަގަންފަށާފައިވާ 2 ރުފިޔާގެ ފީގެ ސަބަބުން ކޮތަޅު ބޮނޑީގެ އަގު މަތިވެފައިވަނީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ބިލު ފާސް ވެގެން އައިއިރު މާއްދާއެއް އުނިކޮށްފައި ވުމުން ކަމަށް އެންވަޔަރުމަންޓު މިނިސްޓްރީން ވަނީ ބުނެފައެވެ. 

ކުނި ޤާނޫނުގެ 35 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ކުރިން އޮތީ 50 ކޮތަޅު ނުވަތަ އެއަށްވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އިސްތިސްނާކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ބިލް ޤާނޫނަކަށް ބަދަލުވިއިރު 50 ކޮތަޅު ބޮނޑީގެ އިސްތިސްނާ ވަނީ އުނިކޮށްފަ އެވެ. 

ކޮތަޅު ބޮނޑީގެ އަގު ބޮޑުވުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން ސަރުކާރުން ބުނީ މިހާރު ކުރިމަތިވެފައިވާ މައްސަލަ ނުކުތީ އެ އިސްތިސްނާ އުނިކޮށްފައި ވުމުން ކަމަށެވެ. 

އެކަމާއި ގުޅިގެން  މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން އެކަން ދިމާވީ މަޖިލީހުގެ ސަބަބުންކަމަށް ބުނެ ފޫޅުކަނޑާ ނުލެވޭނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަކީ ސަރުކާރުން ބުނާ ގޮތަށް ބިލުތައް ފާސްކޮށްދޭ ސަރުކާރަށް ތާއީދުކުރާ މެމްބަރުންކަން މޮސްޓާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ބިލު ފާސްކޮށްފައިވަނީ ސަރުކާރުން އެދުނުގޮތަށް ކަމަށެވެ. 

މީގެ ކުރިންވެސް ބިލު ތަސްދީގުކުރުމަށްފަހު ކައިރި ކައިރީގައި ބިލުތަކަށް ބަދަލުތަކެއް ގެނެސްފައިވާއިރު، މޮސްޓާ ވިދާޅުވީ ކުނި ބިލު ފާސްކޮށްފައިވާ ގޮތުން ކޮތަޅުގެ އަގަށް އައި ބަދަލުތަކާއި ގުޅިގެން ރައްޔިތުން އުފުލަމުންދާ ތަކުލީފު ހައްލުކުރުމުގެ އިޚްލާސްތެރި ނިޔަތެއް އޮތް ނަމަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް ނެރުއްވައިގެން ވެސް އެކަން އިސްލާހު ކުރާނެ ކަމަށެވެ. 

ސަރުކާރުން ހުއްޓުވަން ބޭނުންވާ ބައެއް ކަންކަން ރައީސް ޞާލިހުގެ ގަރާރަކުން މީގެ ކުރިންވެސް ހުއްޓުވާފައިވާކަމަށް މޮސްޓާ ވިދާޅުވި އެވެ. 

"މަޖިލިސް ބޮލަށް ކަނޑާނުލާ. މަޖިލިހަކީ %100 ސަރުކާރުން ކޮންޓްރޯލް ކުރާތަނެއް. ރައްޔިތުންނަށް ހެވެއްއެދިގެން ކަމެއް ކޮށްދޭނެ އިހުލާސްތެރިކަން ހުރިނަމަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވެސް ކަން ކުރާނެ. އިންޑިޔާ އައުޓް ހުއްޓުވުމަށް ގަރާރު ނެރެވުނު މިކަން ކުރަން ވީމަ ފަހަތަށް ނުޖެހޭ"

ނޮޅިވަރަމްފަހު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

އޭޕްރިލް މަހުން ފެށިގެން ކޮތަޅަކަށް ދެ ރުފިޔާ ނަގަން ފަށާފައިވާއިރު، މީގެ ކުރިން 25 ރުފިޔާއަށް ލިބޭ ކޮތަޅު ބޮނޑީގެ އަގު މިހާރު ވަނީ 225 ރުފިޔާއަށް އުފުލިފައެވެ. އަދި މިހާރު ޤާނޫނު އޮތް ގޮތުން ކޮންމެ ކޮތަޅަކުން ދައުލަތަށް 6 ރުފިޔާގެ ފައިދާއެއް ޖެހެއެވެ.

އެއީ މި ޤާނޫނު ގެނައި މަޤްސަދު ވެސް ހާސިލު ނުވެ، ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަންކަމުގެ ގޮތުގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވެސް ދަނީ ވިދާޅުވަމުން ނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ