އާސަންދަ އޮފީސް/ ފޮޓޯ: އާސަންދަ
ހަބަރު
22 Apr 2023 | 19:15
އާސަންދަ އަދި ސަބްސިޑީ ބަޖެޓުގެ ވެސް ބޮޑު ބައި ހުސްވެއްޖެ

ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އާސަންދަ އަދި ސަބްސިޑީ ބަޖެޓުގެ ބޮޑު ބައި ހުސްވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. 

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ވީކްލީ ރިޕޯޓުތަކުން ދައްކާގޮތުން މި ހިނގާ އޭޕްރީލް މަހުގެ 13 ވަނަ ދުވަހާ ހަމައަށް އާސަންދައަށް ކުރި ހޭދަ ވަނީ 783.1 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިއީ މުޅި އަހަރަށް އާސަންދައަށް ހޭދަވާނެކަމަށް ކަނޑައެޅި 1.045 ބިލިއަން ރުފިޔާގެ ބަޖެޓުގެ 75 އިންސައްތަ އެވެ. 

އާސަންދަ ބަޖެޓުގެ އިތުރުން ސަރުކާރުން ބައެއް އަސާސީ މުދާ އަދި ހިދުމްތަކަށް ދެމުންދާ ސަބްސިޑީއަށް ކަނޑައެޅި ބަޖެޓުގެ ބޮޑު ބައި ވެސް ވަނީ ހުސްވެފައެވެ. 

އެގޮތުން ތެލަށްދެވޭ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދެވޭ ނޫނީ ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކޮށްގެން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އޮތީ އަންދާޒާކޮށްފަ އެވެ. އަދި ކަރަންޓު ސަބްސިޑީ ދޭ އުސޫލަށް ގެންނަ ބަދަލުން 150 މިލިއަން ރުފިޔާ މިއަހަރު ސަލާމަތްކުރަން އަމާޒުހިފި އެވެ.

މީގެ އިތުރުން އާސަންދަ އާއި ބޭސްގަތުމަށްކުރާ ހަރަދުކުޑަކޮށްގެން ބަޖެޓުން 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރި އެވެ.

ސަރުކާރުން ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްދީފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިއީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއާ އަޅާބަލާއިރު، ގާތްގަނޑަކަށް 8.5 ބިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެކެވެ.

ނަމަވެސް، ބަޖެޓުގައި ހިމަނާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނޭޅިއްޖެނަމަ، ހަރަދުތައް އިތުރުވެ، ބަޖެޓު ޑެފިސިޓުވާ އަދަދު 14.459 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފަ އެވެ.

އަނެއްކޮޅުން ސަރުކާރުގެ ޚަރަދުކުޑަ ކުރުމުގެ ސިޔާސަތު ތަންފީޒުކޮށް ޚަރަދުތައް ކުޑަކުރާތަން ނުފެންނައިރު، އަދި ކުރާ ޚަރަދުތަކަށް އެއްވެސް އުނިކަމެއް ގެނެސްފައި ނުވާއިރު، ޚަރަދުތައް ބަޖެޓުގެ ތެރެއިން ޚަރަދުތައް ސަލާމަތްކޮށް ސަބްސިޑީދޭ މިންވަރު އިތުރު ނުކުރެވޭނެކަން މިހާރު އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުގެ އަލީގައި ސާފުވެގެން ދެއެވެ. 

ކޮމެންޓް
އދ
ކޮތަޅު ބަޖެޓުން ހަމަޖެއްސޭނެ މިހާރު
22 Apr 2023
ލައިކް
އިންތިހާބްތަކަށް ކޮރަޕްޝަނާ ފަސާދު ވަދެފައިވާ މިންވަރުގެ ދަލީލެއް. ޜައްޔިތުމީހާއަށް ހައްގުމިންވަރު ނެތި. ހުރިހާ ފައިސާއެއް އިންތިހާބުތަކަށް ބެހާލިއޭ ބުނާ އަޑުއެހިން
23 Apr 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.