މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު-- ފޮޓޯ/ މަޖިލިސް
ހަބަރު
23 Apr 2023 | 12:37
"ރައްޔިތުންގެ އިހުސާސްތައް ދަންނަނަމަ މަޖިލިސް ޗުއްޓީއަށް ދާނީ ކޮތަޅު މައްސަލަ ހައްލުކޮށް ދީފައި"

ގައުމީ މައްސަލަތަކުގައި ކަންބޮޑުވެ ރައްޔުޔުންގެ އިހުސާސްތައް ދަންނަނަމަ ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށްދާންވާނީ ކޮތަޅުން ފީނެގުމުގައި ދިމާވެފައިވާ މައްސަލަތަކަށް  ހައްލެއް ހޯދަދީފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. 

ކޮތަޅުން ފީ ނެގުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމީ މައްސަލަތަކުގައި ކަންބޮޑުވެ ރައްޔިތުންގެ އިހުސާސްތަށް ދަންނަނަމަ ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށްދާންވާނީ މިހަރު މަޖިލީހަށް ހުށައަލާފައިވާ 24/2022ޤ އަށް އިސްލާހުގެނައުމުގެ ބިލްގެެ މަސައްކަތް ނިންމާ ކޮތަޅުން ފީނެގުމުގައި ދިމާވެފައިވާ މައްސަލަތަކަށް  ހައްލެއް ހޯދަދީފައި ކަމަށެވެ.

އޭޕްރިލް މަހުން ފެށިގެން ވިޔަފާރިކުރާ ކޮންމެ ބާޒާރު ކޮތަޅަކުން ދެ ރުފިޔާ ނަގަން ފަށާފައިވާއިރު، މިހާރު ބިލު ފަރުމާކޮށްފައިވާ ގޮތުން ކޮތަޅު ބޮނޑީގެ އަގަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. 

ޕްލާސްޓިކް ކޮތަޅުން ނަގަންފަށާފައިވާ 2 ރުފިޔާގެ ފީގެ ސަބަބުން ކޮތަޅު ބޮނޑީގެ އަގު މަތިވެފައިވަނީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ބިލު ފާސް ވެގެން އައިއިރު މާއްދާއެއް އުނިކޮށްފައި ވުމުން ކަމަށް އެންވަޔަރުމަންޓު މިނިސްޓްރީން ވަނީ ބުނެފައެވެ. 

ކުނި ޤާނޫނުގެ 35 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ކުރިން އޮތީ 50 ކޮތަޅު ނުވަތަ އެއަށްވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އިސްތިސްނާކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ބިލް ޤާނޫނަކަށް ބަދަލުވިއިރު 50 ކޮތަޅު ބޮނޑީގެ އިސްތިސްނާ ވަނީ އުނިކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.