މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު/ ފޮޓޯ: މަޖިލިސް
ހަބަރު
24 Apr 2023 | 19:32
ރައީސް ޞާލިހުވަނީ ގައުމަށް ގައްދާރުވެ ދިވެހި މަސްކަނޑު ވިއްކާލާފަ: ތާރިގު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ވަނީ ޤައުމަށް ޤައްދާރުވެ ދިވެހިންގެ މަސްކަނޑު ވިއްކާލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ. 

ތާރިގު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަހަރައްދުން ބައެއް ގެއްލޭގޮތަށް ފޯޅަވަހި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރި ސަބަބު ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައިގައި ބަހުސްކުރައްވަމުން ނެވެ. 

ތާރިގު ވިދާޅުވީ ރައީސް ޞާލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގެ ސީދާ އިބާރާތް ނޭނގުނުކަމުގައި ވީ ނަމަވެސް އެ ސިޓީގައި ދިވެހިރާއްޖެއަށް ނުރައްކާ ކުރާނެ ވާހަކަތަކެއް ހުރިކަން އެޓްލަސްގައި އޮތް މައްސަލައަށް ވަކާލާތުކުރަމުން މޮރިޝަސްގެ ވަކީލުން ހާމަކުރި މައުލޫމާތުން ސާފުވާ ކަމަށެވެ. 

އެކަންކަން ފާހަގަކުރައްވާ ތާރިގު ވިދާޅުވީ ޑީލު އޮތީ ހަދާފައި ކަމަށެވެ. އަދި އެކަމުގައި ރައީސް ޞާލިހުގެ އިތުރުން އޭޖީ ރިއްފަތާއި ފޮރިން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންފައިވާކަން އެނގިލައްވާކަމަށެވެ.

އެހެންކަމުން އެމީހުންނަކީ ޤައުމަށް ޤައްދާނު ނުވާ ބައެއްކަމަށް ކަނޑައެޅޭގެ އެއްވެސް ހަމައެއް ނޯންނާނެކަމަށް ތާރިގު ވިދާޅުވި އެވެ. 

"ފްރާންސާއި އިނގިރޭސިވިލާތާ ކުރި ހަނގުރާމައިގެ ފަހުން 1815 ވަނަ އަހަރު އިނގިރޭސިވިލާތަށް ފޯޅަވަހީގެ ބެލެނިވެރިކަން ގޮއްސަ އޮތީ. މިތާކު މޮރިޝަސްއެއް އަދި އެއްވެސް ހިސާބަކު ނާދޭ. މީގެކުރިންވެސް މޮރިޝަސްއަށް ސިޔާދަތީ ބާރު ލިބިގެން ނުވާކަމަށް އިނގިރޭސިން މި ނިންމި ކޮންމެ ނިންމުމަކާއެކު އެމީހުންގެ ޑިޕްލޮމެޓިކް ޗެނަލްތަކުން އިއުލާނުކޮށްފައި އެބޮތް. އެހެންކަމުން އެ ސްޓޭންޑް ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި މިހާތަނަށް ނަގަމުން އައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދޫކޮށްލުމަކީ މި ގައުމަށް ގައްދާރުވުން. ދިވެހިންގެ މަސްކަނޑުތައް ވިއްކާލުން"

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު 

ތާރިގު އިތުރަށް ވިދާޅުވީ ފޯޅަވަހި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން އިޓްލޮސްގައި އޮތް މައްސަލައިގައި ދިވެހި ދައުލަތުން ނަގަމުން އައި ދިފާއު އަނެއް ފުށަށް ބަދަލުވެފައިވާ ކަމަށެވެ. އެއީ ދިވެހި ދައުލަތުގެ ދިފާއު ބިނާކޮށްފައިވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރު ދުވަހަކުވެސް މޮރިޝަސްއަށް ލިބިފައި ނުވާކަމަށް ބަޔާންކޮށްކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެހެންކަމުން ސަރުކާރުން ސްޓޭންޑް ބަދަލުކުރުމާއި ގުޅިގެން އެ މައްސަލަ ދިވެހިރާއްޖެއާއި ދެކޮޅަށް ނިމުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެކަމުގެ ސަބަބުން ދިވެހިންނަށް ބޮޑެތި ގެއްލުންތަކެއް ލިބި ރާއްޖޭގެ ސަރަހައްދުން ބައެއްވެސް ދޫވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.